Roadha Mihaaru
ފިރިމީހާ ދައްކާލިތާ ދެ މަސް ފަހުން ރާކީ ސިންގަލް

ސަޕޯޓަރުންނަށް ފިރިމީހާ ދައްކާލިތާ ދެ މަސް ފަހުން ރާކީ ސިންގަލް ވެއްޖެ

14 ފެބުރުއަރީ 2022

ބޮލީވުޑްގެ "ޑްރާމާ ކްއީން" ގެ ގޮތުގައި މިހާރު މަޝްހޫރު ރާކީ ސާވަންތާއި އޭނާގެ ފިރިމީހާ ކަމަށް ބުނާ ރިތޭޝް ވަކިވާން ނިންމާފައިވާ ކަން އިއްޔެ އިއުލާނުކޮށްފި އެވެ.

ބޮލީވުޑްގެ "ޑްރާމާ ކްއީން" ގެ ގޮތުގައި މިހާރު މަޝްހޫރު ރާކީ ސާވަންތާއި އޭނާގެ ފިރިމީހާ ކަމަށް ބުނާ ރިތޭޝް ވަކިވާން ނިންމާފައިވާ ކަން އިއްޔެ އިއުލާނުކޮށްފި އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ރާކީ ބުނެފައި ވަނީ "ސަޕޯޓަރުންނާއި ހެޔޮ އެދޭ މީހުންގެ ގާތު ބުނަން ބޭނުންވަނީ އަހަންނާއި ރިތޭޝް ވަކިވާން ނިންމާފައިވާ ކަން،" ކަމަށެވެ.

ރާކީ އާއި އޭނާގެ ފިރިމީހާ، މިފަހަރު ބިގްބޮސް 15 އިން ފެނުނުއިރު، ރާކީ ބުނީ އެ ޝޯ އަށް ފަހު ވަރަށް ގިނަ ކަންތައްތައް ހިނގާފައިވާ ކަމަށާއި އެއީ އޭނާގެ ކޮންޓްރޯލް ވެސް ނެތް ކަންކަން ކަަމަށެވެ. ދެ މީހުންގެ މެދުގައި ހުރި ތަފާތުތަކާ އެކު ވެސް ކުރިއަށްދެވޭތޯ މަސައްކަތްކުރި ނަމަވެސް އެގޮތަށް ކަންތައް ނުހިނގި ކަމަށް ވެސް ރާކީ ބުންޏެވެ.

"މިވަގުތު އަހަރެމެން ދެމީހުންނަށް ވެސް އެންމެ ރަނގަޅީ މޫވް އޮންކުރުން،" ރާކީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދެ މީހުން ވަކިވާން އޭނާ ވަރަށް ދެރަވެ އެވެ. އަދި އޭނާ ހިތްކުކުދިވީ ލޯބިވެރިންގެ ދުވަހަށް، އެއް ދުވަހަށް ވެފައި އޮއްވާ ދެމީހުން ވަކިވާން ޖެހުމުން ކަމަށް ވެސް ބުންޏެވެ.

ރާކީ، ރިތޭޝްއާ ކައިވެނިކޮށްގެން އުޅޭ ކަމަށް ކިޔާ އެތައް ދުވަހެއް ވެއްޖެ އެވެ. ކައިވެނީގެ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ނުވާތީ އެންމެން ވެސް ގަބޫލުކުރީ އޭނާ ހަދަނީ ދޮގެއް ކަމަށެވެ. އަދި ބިގްބޮސް 15 ގައި ރާކީއާ އެކު އޭނާގެ ފިރިމީހާ ކަމަށް ބުނެ ރިތޭޝް ދެއްކުމުން ވެސް ގިނަ ބަޔަކަށްވީ މަޖާ ކަމަކަށެވެ.

އެއީ އެ ޝޯގައި މަސައްކަތްކުރާ މީހެއް ކަމަށާއި އެއީ މީހުން އެ ޝޯ ބަލާ މިންވަރު އިތުރުކުރަން ޖެއްސި ޑްރާމާއެއް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރި އެވެ. އަދި ފަހުން ސޯޝަލް މީޑިއާގައި ރިތޭޝްގެ އަންހެނުން ކަމަށް ބުނެ ސިނިގްދާ ޕްރިޔާ ކިޔާ އަންހެނަކު ވަނީ ރިތޭޝް އަށް އެތައް ތުހުމަތެއް ވެސް ކޮށްފަ އެވެ.

އޭރު ރާކީ ބުނެފައި ވަނީ އޭނާގެ ފިރިމީހާ އަށް ކުރާ ތުހުމަތަކީ ދޮގެއް ކަމަށެވެ. އޭނާއާ އެކީ އުޅޭތާ ދުވަސްތަކެއްވެފައި ވާތީ ރިތޭޝްގެ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އޭރު ރާކީ ބުނެފައިވެ އެވެ.