Roadha Mihaaru
ރާކީ އާ ފެށުމަކަށް، އާ ލޯބިވެރިޔަކު ހޯދައިފި

ރާކީ އާ ފެށުމަކަށް، އާ ލޯބިވެރިޔަކު ހޯދައިފި

17 މެއި 2022

ބޮލީވުޑްގެ "ޑްރާމާ ކުއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އަދި ނެށުންތެރިޔާ ރާކީ ސާވަންތު އާ ލޯބިވެރިޔަކު ހޯދައިފި އެވެ.

ބޮލީވުޑްގެ "ޑްރާމާ ކުއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އަދި ނެށުންތެރިޔާ ރާކީ ސާވަންތު އާ ލޯބިވެރިޔަކު ހޯދައިފި އެވެ.

ރާކީ މިހާރު ހިތާވެގެން އުޅެނީ އޭނާގެ ވަރަށް ކުރީގެ އެކުވެރިޔަކާ އެވެ.

ރާކީ އެންމެ ފަހުން އިނދެގެން އުޅުނީ ރިތޭޝް ކިޔައި މީހަކާ އެވެ. އެ ކައިވެނިކޮށްގެން އުޅޭތާ އެތައް ދުވަހެއްވި ފަހުން ރިތޭޝް ދައްކާލީ ބިގޮބޮސް 15 ގަ އެވެ. އަދި ފަހުން އެއީ ރިތޭޝް ނޫން ކަމަށާއި އެއީ އެ ޝޯގެ ޕްރޮޑިއުސަރުން ވިއުސް ގިނަކުރަންވެގެން ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކުރަމުން ދަނިކޮށް، މާގިނަ ދުވަސްތަކެއް ނުވެ، އެ ދެމީހުން ވަކިވި ޚަބަރު ވެސް އިއުލާންކުރި އެވެ.

އޭގެ ގާތްގަނޑަކަށް ތިން މަސް ފަހުން އަނެއްކާ ވެސް ރާކީ މި ވަނީ އެހެން ލޯބިވެރިޔަކު ހޯދައިފަ އެވެ. ރާކީގެ އާ ލޯބިވެރިޔާގެ ނަމަކީ އަދިލް އެވެ.

އެވޯޑް ހަފުލާއެއްގެ ރެޑް ކާޕެޓް އިވެންޓުގައި ރާކީ ވަނީ އޭނާގެ އާ ލޯބިވެރިޔާ ޕަޕަރާޒީންނަށް ދައްކާލައިފަ އެވެ. އެއީ އެ މީހުން ވީޑިއޯ ކޯލް ކުރި ވަގުތުގެ މަންޒަރެކެވެ.

ވަރަށް ފަހުން ރާކީ އާއި އޭނާގެ ލޯބިވެރިޔާ އެކުގައި އެހެން ތަނަކުން ވެސް ފެނިފައިވާ ކަމަށްވެ އެވެ. ރާކީ އަށް ބީއެމްޑަބްލިއު ކާރެއް ހަދިޔާކުރީ ވެސް އޭނާ ކަމަށްވެ އެވެ.