Roadha Mihaaru
ރާކީ ވަރިކުރި ސަބަބު ކިޔައިދޭން ޕްރެސް ކޮންފަރެންސެއް

ރާކީ ވަރިކުރި ސަބަބު ކިޔައިދޭން އޭނާގެ ކުރީގެ ފިރިމީހާ ޕްރެސް ކޮންފަރެންސެއް ބާއްވަނީ

21 އޯގަސްޓް 2023

ބޮލީވުޑްގެ ނެށުންތެރިޔާ، ރާކީ ސާވަންތު ވަރިކުރި ސަބަބު ކިޔައިދޭން އޭނާގެ ކުރީގެ ފިރިމީހާ އާދިލް ހާން ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

ބޮލީވުޑްގެ ނެށުންތެރިޔާ، ރާކީ ސާވަންތު ވަރިކުރި ސަބަބު ކިޔައިދޭން އޭނާގެ ކުރީގެ ފިރިމީހާ އާދިލް ހާން ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، މިދިޔަ ހަފުތާ ބަންދުގައި ނޫސްވެރިންތަކަކަށް ބޮންބޭގެ މަގުމަތިން އާދިލް ފެނިގެން އެމީހުންގެ ވަރިއާ ގުޅޭ ގޮތުން ސުވާލުކުރި އެވެ. އާދިލް ތުހުމަތުކުރި ގޮތުގައި، ރާކީ އާއި ރާކީގެ ރައްޓެހިން އޭނާ ފްރޭމްކުރީ އެވެ. އެކަމަކު، ފްރޭމްކުރި ގޮތެއް އޭނާ ނުބެ އެވެ.

"އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން... ވަރަށް އަވަހަށް ޕްރެސް ކޮންފަރެންސެއް ބާއްވާނަން. އަހަރެން މިލިއަނެއްހާ ފައިސާ ދޭންވީތޯ ނުވަތަ އަހަންނަށް ލިބިން ޖެހެނީތޯ ވެސް ބުނެދޭނަން،" އޭނާ ބުންޏެވެ.

ފައިސާގެ ވާހަކަ އޭނާ ދެއްކީ ވަރިއާ ގުޅިގެން ރާކީ ކޮށްފައިވާ ތުހުމަތަކާ ގުޅިގެންނެވެ. ރާކީ ތުހުމަތު ކުރި ގޮތުގައި، އާދިލް އޭނާ ގާތުން ވަރިވީ އޭނާގެ ފައިސާ އާއި ގަހަނާ ފޭރިގަނެފަ އެވެ.

ރާކީ ކުރި އެހެން ބައެއް ތުހުމަތުތަކުގެ ތެރޭގައި އޭނާއާ އިނދެގެން ހުރެ އާދިލް އުޅުނީ އެހެން އަންހެނަކާ ރައްޓެހިވެގެންނެވެ. އަދި އެހެންވެސް ނަހަމަ ގުޅުންތައް ބޭއްވުމާއި ގެވެށި އަނިޔާކުރުމާއި ފައިސާއަށް ޑިމާންޑްކުރުން ކަހަލަ ކަންކަން ކުރި ކަމަށް ވެސް ތުހުމަތުކުރި އެވެ. އެ މައްސަލާގައި އާދިލް ބޮންބޭ ފުލުހަށް ވެސް ހާޒިރުކޮށް ސުވާލުކުރި އެވެ.

އެކަމަކު، މިހާތަނަށް ވެސް އެ މައްސަލާގައި އާދިލް މީޑިއާތަކާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބޮންބޭގެ ފުލުހުން ބުނި ގޮތުގައި، ރާކީ އާއި އާދިލްގެ ޖޮއިންޓް އެކައުންޓަކުން ރާކީއަށް ނޭގި ފައިސާ ނަގައިގެން އޭނާ ކާރެއް ގަތް ކަމަށް ތުހުމަތުކުރެވެ އެވެ. އަދި އެކި ފަހަރު މަތިން ރާކީ އަށް ގެވެށި އަނިޔާކޮށް، އޭނާ ގަޔަށް އެސިޑް ޖަހާނެ ކަމަށް ބުނެ ބިރުދެއްކުމާ އަދި އެކްސިޑެންޓެއް ކޮށްލައިގެން މާރާލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ވެސް ތުހުމަތުކުރެވެ އެވެ.

އަހަރެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު އާދިލް އާއި ރާކީ ކައިވެނިކުރީ މިދިޔަ އަހަރު މެއި މަހުގެ 29 ގަ އެވެ. އެމީހުން ވަރިވީ މި އަހަރު މާޗުގަ އެވެ.