ގަމު ރީޖަނަލް ހޮސްޕިޓަލްގައި މިދިޔަ ހަފުތާގައި ސިޒޭރިއަން ހެދި މީހާގެ ހާލު ދެރަވުމުގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރާތީ އެކަން ބަލައިދިނުމަށް އާއިލާ އިން ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.
14 ފެބުރުއަރީ 2022
ގަމު ރީޖަނަލް ހޮސްޕިޓަލްގައި މިދިޔަ ހަފުތާގައި ސިޒޭރިއަން ހެދި މީހާގެ ހާލު ދެރަވުމުގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރާތީ އެކަން ބަލައިދިނުމަށް އާއިލާ އިން ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.
އެ ހޮސްޕިޓަލުގައި މިދިޔަ ބުދަ ދުވަހު ސިޒޭރިއަން ހެދި އުމުރުން 35 އަހަރުގެ އެ މީހާގެ ހާލު ދެރަވެގެން ޖެހިގެން އައި ދުވަހު ވަނީ މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފަ އެވެ.
އެ އާއިލާއިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ، އެ މީހާގެ ހާލު ދެރަވި މައްސަލައިގައި ގަމު ހޮސްޕިޓަލްގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ، އެކަން ހިނގައިދިޔަ ގޮތް ތަހުގީގު ކޮށްދިނުމަށް އިއްޔެ ހުށަހަޅާފައިވާނެ ކަމަށާއި އެކަމަކު އިންސާފެއް ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އެހެން ބަޔަކަށް މިފަދަ ކަމެއް ދިމާނުވާނެ ކަމަށް ސިސްޓަމް ބަދަލުކުރަން ބޭނުންވަނީ،" އޭނާ ބުންޏެވެ.
އާއިލާ އިން ބުނީ ސިޒޭރިއަން ނިންމާފައި، އެ ދުވަހުގެ މެންދުރު 12:00 ހާއިރު ވޯޑަށް ބަދަލުކުރުމަށް ފަހު، ހާލަތު މޮނީޓަ ކުރަމުން ދިޔަޔަސް ކަމެއް ގޯސްވެގެން އުޅޭކަން އެނގޭނެ ކަމަށެވެ. އެކަމަކު 1:30 ހާއިރު ތަދުވާ ކަމަށް ބުނުމުން ތަދު ކަނޑުވާ ބޭސް ދީ، އަނެއްކާ 3:00 ހާއިރު ތަދުވެގެން ރޯން ފެށުމުން ވެސް ދިނީ ތަދުކަނޑުވާ ބޭސް ކަމަށް އާއިލާ އިން ބުނެ އެވެ.
"ބްލަޑް ޕްރެޝަރާ އެއްޗެހި ބެލި ނަމަ އެނގޭނެ މީހާ ރަނގަޅު ނޫންކަން. ލޭ މަދުވެ، ބްލަޑް ޕްރެޝަރު ދަށްވީމާ ޝޮކަކަށް ގޮސްގެން އައިސީޔޫ އަށް ބަދަލުކޮށް ވެންޓިލޭޓަރު ގުޅީ. އޭރު ބުނީ ގައިގައި ހުރީ ހަތަރު ޕައިންޓް ލޭ ކަމަށް. ނުވަ ޕައިންޓުން ހަތަރު ޕައިންޓަށް މަދުވާއިރު ނޭނގޭނީ އެއްވެސް ވަރަކަށް ބެލިފައި ނެތީމާ،" އާއިލާ އިން ބުންޏެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ތިން ކުދިންގެ މަންމަގެ ހާލު ދެރަވީ ސިޒޭރިއަން ހެދުމުގެ ތެރޭގައި ނާރެއް ބުރިވެ، ބަނޑަށް ލޭ އެޅިގެންނެވެ. ނަމަވެސް އާއިލާ އިން އަދި ގަމު ހޮސްޕިޓަލުން ވެސް އެކަން ދޮގުކުރެ އެވެ. އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނީ އޭނާގެ ހާލު ސީރިއަސްވީ ސިޒޭރިއަނަށް ފަހު ބަންދުކުރިއިރު ޕްރެޝަރު މަތިވެގެން ލޭ ލީކްވުމުން ކަމަށް ބެލެވޭ ކަމަށެވެ.
އެ ކަންތައްތަކާ ހެދި އެ މީހާގެ ކިޑްނީ އާއި ހިތް އަދި ލިވާ އަށް އަސަރުކޮށްފައިވެ އެވެ. ކިޑްނީގެ މަސައްކަތްކުރާ ވަރު ވެސް އިއްޔެ އަށް ވުރެ ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެ އެވެ.
"ކުރިން ސިއްހީ މައްސަލައެއް ނުހުންނާނެ. އެކަމަކު ދެން ވަރަށް ބޮޑަށް ބަލައިގެން، މުޅި އުމުރަށް ވެސް މި ކަމުގެ ތެރޭގައި އުޅެން ޖެހޭނީ،" އެ އާއިލާ އިން ބުންޏެވެ.
ސަރުކާރުން ހައްލެއް ހޯދައި ނުދެވުމުން މަޖިލީހަށް!
ގަމު ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލުކުރަނީ
ދެމައިން މަރުވި މައްސަލާގައި އިހުތިޖާޖުކޮށްފި
ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ކުއްޖާ ނިޔާވީ އިހުމާލަކުންތޯ ބަލަން ފަށައިފި
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ޓްރީޓޮޕުން އިހުމާލުވާ ކަމަށް ބުނާ މައްސަލަ ބަލަނީ
ލ. އަތޮޅު: ސަރުކާރުގެ އަމާޒު މެޑިކަލް ޓޫރިޒަމަށް
ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓަށް ވިހެއި މައްސަލަ ބަލަނީ