މ. މުލީގައި ކޮމިއުނިޓީ ސެންޓަރެއް އަޅަން ޕާކިސްތާނުން 2.6 މިލިއަން ރުފިޔާގެ އެހީ އެ އަތޮޅު ކައުންސިލަށް ހަދިޔާކޮށްފި އެވެ.
14 ފެބުރުއަރީ 2022
މ. މުލީގައި ކޮމިއުނިޓީ ސެންޓަރެއް އަޅަން ޕާކިސްތާނުން 2.6 މިލިއަން ރުފިޔާގެ އެހީ އެ އަތޮޅު ކައުންސިލަށް ހަދިޔާކޮށްފި އެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، "ގާއިދޭ އައުޒަމް މުހައްމަދު އަލީ ޖިނާހު މެމޯރިއަލް ޕާކިސްތާން- މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރު" ގެ ނަމުގައި އިމާރާތްކުރާ ސެންޓަރުގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ. އެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ޕާކިސްތާނުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު އަތަރު މުހުތާރާއި މ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ.
އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމަށް ފަހު ސަފީރު ވިދާޅުވީ ކޮމިއުނިޓީ ސެންޓަރަކީ ރާއްޖެ އާއި ޕާކިސްތާނުގެ ޒަމާންވީ ގުޅުން ދޭހަކޮށްދޭނެ އިތުރު ބިނާއެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް އެހީތެރިވުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެ އެވެ.
އެ އަތޮޅު ކައުންސިލް އިދާރާގެ ސީނިއާ ކައުންސިލް އެގްޒެކެޓިވް މުހައްމަދު ނިޔާޒު "މިހާރު" އަށް ވިދާޅުވީ ސިއްހީ ފަރުވާ އާއި އެކި ބޭނުންތަކަށް އެ ރަށަށް ޒިޔާރަތްކުރާ މީހުން މަޑުކޮށްލައިގެން ފަސޭހައިން ތިބޭނެ ތަންތަން ނެތް ކަމަށެވެ.
ކޮމިއުނިޓީ ސެންޓަރު އެޅުމުގެ ޕާކިސްތާނުން ހަދިޔާކުރާ 2.6 މިލިއަން ރުފިޔާގެ ޗެކް އިއްޔެ ހަވާލުކޮށްދެނީ.-- ފޮޓޯ: މ. އަތޮޅު ކައުންސިލް
ބޮޑު އަގެއްގައި ކޮޓަރި ކުއްޔަށް ހިފުމަކީ މުއްޔަށް ޒިޔާރަތްކުރާ މީހުންނަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
އެހެންވެ، އަތޮޅު ކައުންސިލުން ހަދާ ކޮމިއުނިޓީ ސެންޓަރުގައި ހަދަން ނިންމާފައިވަނީ ކޮޓަރިތަކާއި ސެމިނާ އަދި ޓްރެއިނިން ގެންދަން ބޮޑު ހޯލެކެވެ. އެ އިމާރާތުގެ މަތީގައި ރެސްޓޯރެންޓެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.
"ކައުންސިލުން އަމިއްލައަށް އިސްނަގައިގެން ޕާކިސްތާނު އެމްބަސީއާ މަޝްވަރާކޮށްގެން އެހީ ލިބުނީ. އަދި މިތަން ހަދާނީ ވެސް ކައުންސިލަށް އާމްދަނީ ލިބޭ އަދި ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބޭނެ ގޮތަށް. މިހާރު ވިސްނުން ހުރީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ދިނުމަށް،" ނިޔާޒު ވިދާޅުވި އެވެ.
އެ ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް އޮތީ ބިޑިން މަރުހަލައިގަ އެވެ. ކައުންސިލުން ލަފާކުރަނީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ޕާކިސްތާނުގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ތާލިބާންގެމަންދޫބާ ބައްދަލުކުރުމުން ތޯހާ ރާއްޖެ ގެންނަނީ
ޕާކިސްތާނު ސަފީރަކަށް ނަޖީހާ އައްޔަންކުރަން މަޖިލީހަށް
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
މުލީގައި އަލިފާނުގެ ބޮޑު ހާާދިސާއެއް
ވާރޭވެހި މ.އަތޮޅުގެ ތިން ރަށެއްގައި ފެންބޮޑުވެއްޖެ
ތުޅާދު އާއި ބިލެތްފައްސާއި މުލީގައި އެއާޕޯޓް އަޅަނީ
ތިން ގައުމަކުން ރާއްޖެ އަށް އާ ސަފީރުން
ހަސަން ސައީދު، ޑެޕިއުޓީ އެމްބެސެޑަރަކަށް
އެމްބަސީ އަޅަން ޕާކިސްތާނަށް ވެސް ބިމެއް ދީފި