Roadha Mihaaru
ވާރޭވެހި މ.އަތޮޅުގެ ތިން ރަށެއްގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި މ. އަތޮޅުގެ ތިން ރަށެއްގައި ފެންބޮޑުވެއްޖެ

03 ނޮވެމްބަރ 2021

ރާއްޖެއަށް މިއަދު ކުރި ވިއްސާރައިގައި މ. އަތޮޅުގެ ތިން ރަށެއްގެ ގެތަކުގައި ފެންބޮޑުވެއްޖެ އެވެ. ފެންބޮޑުވީ އެ އަތޮޅު މުލަކާއި މުލި އަދި ވޭވަށުގަ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރާއްޖެއަށް މިއަދު ކުރި ވިއްސާރައިގައި މ. އަތޮޅުގެ ތިން ރަށެއްގެ ގެތަކުގައި ފެންބޮޑުވެއްޖެ އެވެ. ފެންބޮޑުވީ އެ އަތޮޅު މުލަކާއި މުލި އަދި ވޭވަށުގަ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ އެ ތިން ރަށަށް ކުރި ވިއްސާރައިގައި ގޭގެއަށް ފެންވަދެގެން 16 ގެއަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެއީ މުލިން ހަތް ގެއެއް، މުލަކުން ފަސް ގެއެއް އަދި ވޭވަށުން ހަތަރު ގެއެކެވެ.

އެންޑީއެމްއޭ އިން ބުނީ ގޭގެއަށް ފެން ވަންނަމުންދާތީ ކައުންސިލް އިދާރާ އާއި ރައްޔިތުން ގުޅިގެން ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

މިއަދު ކުރި ވިއްސާރައިގައި މ.އަތޮޅުގެ ގެއެއްގައި ފެންބޮޑުވެފައި--- ފޮޓޯ/އެންޑީއެމްއޭ

މިއަދު ކުރި ވިއްސާރައިގައި މ.އަތޮޅުގެ ގެއެއްގައި ފެންބޮޑުވެފައި--- ފޮޓޯ/އެންޑީއެމްއޭ

ނަމަވެސް ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހޭފަދަ ހާލަތަކަށް ގޮސްފައި ނުވާކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އަދި އެ ރަށްރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށްވެސް އެފަރާތުން މައުލޫމާތުދެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ޔެލޯ އެލާޓުވެސް ނެރެފަ އެވެ. ޔެލޯ އެލާޓު ނެރެފައިވާ އަތޮޅުތަކުގެ ހާލަތު އެންޑީއެމްއޭއިން އަންނަނީ ބަލަމުންނެވެ.