Roadha Mihaaru
އދ. ހުރުއެޅި 3.6 މިލިއަން ޑޮލަރަށް ވިއްކާލަނީ

އދ. ހުރުއެޅި 3.6 މިިލިއަން ޑޮލަރަށް ވިއްކާލަނީ

18 ޑިސެމްބަރ 2016

އދ. މާމިގިލީ ކައިރީގައި އޮންނަ ހުރުއެޅި 3.6 މިލިއަން ޑޮލަރު (55.4 މިލިއަން ރުފިޔާ) އަށް ވިއްކާލަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އދ. މާމިގިލީ ކައިރީގައި އޮންނަ ހުރުއެޅި 3.6 މިލިއަން ޑޮލަރު (55.4 މިލިއަން ރުފިޔާ) އަށް ވިއްކާލަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން 6.3 ހެކްޓަރުގެ ހިތްގައިމު މި ރަށް އެކަނި ވިއްކާލަން ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރި ސަބަބެއް ނޭނގެ އެވެ.

އެ މިނިސްޓްރީން ވަނީ މިދިޔަ އޮކްޓޯބަރު 31 ގައި 11 ފަޅުރަށަކާއި މާލެ އަތޮޅުން ދެ ފަޅެއް ވިއްކާލަން އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ފޭދޫފިނޮޅު ވެސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ ލިސްޓްގައިވާ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓްގެ އަދަދާއި ބިމުގެ ބޮޑު މިނަކީ އަންދާޒާކުރެވޭ އަދަދުތަކެއް ކަމަށެވެ. އަދި އެ ތަންތަނުގެ އިކުއިޒިޝަން ކޮސްޓް ކަށަވަރުކުރެވޭނީ މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ ސާވޭއެއް ހަދައި އެތަނެއް ބޮޑުމިނާ ގުޅޭ ގޮތުން އެކުލަވާލާ ރިޕޯޓަކުން ކަށަވަރުކުރެވޭ ބޮޑުމިނުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް މިިދޔަ ޖުލައި މަހު ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރިސޯޓްގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް ރައީސް އޮފީހުން ކަނޑައަޅާ ދަފުތަރެއްގައި ޝާއިއުކުރަން ޖެހެ އެވެ. އަދި ސަރުކާރުން ކަނޑައަޅާ އިކުއިޒިޝަން ފީއެއް ދެއްކުމުން ރަށް ހަވާލުކުރެވޭ ގޮތަށް އެ ގާނޫނުގައި ހިމަނާފައިވެ އެވެ.