Roadha Mihaaru
ޔަމަނުގައި ދިން ޖާނުންފިދާވުމުގެ ހަމަލާގައި 41 މަރު

ޔަމަނުގައި ދިން ޖާނުންފިދާވުމުގެ ހަމަލާގައި ސިފައިންގެ 41 މީހުން މަރާލައިފި

18 ޑިސެމްބަރ 2016

ސަންއާ (ޑިސެމްބަރު 18) - ޔަމަނުގެ އަދަނުގައި މިއަދު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ސިފައިންގެ 41 މީހުން މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސަންއާ (ޑިސެމްބަރު 18) - ޔަމަނުގެ އަދަނުގައި މިއަދު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ސިފައިންގެ 41 މީހުން މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަމަލާ ދިން ތަނުގައި ސިފައިންގެ ވެހިކަލްތައް ހަރަކާތްތެރިވާ އިރު އެ ހިސާބުގެ މަގުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ހަމަލާގައި ޒަޚަމްވި މީހުން ހަތަރު ހޮސްޕިޓަލަކަށް ގެންދަމުންދާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެ އެވެ.

ހަމަލާ ދީފައި ވަނީ ޑިސެމްބަރު މަހުގެ މުސާރަ ނެގުމަށް އަދަނުގެ އަލް ސޮލްބާން އަސްކަރީ މަރުކަޒުގައި ސިފައިން ކިޔޫ ހަދައިގެން ތިބި ވަގުތެއްގަ އެވެ. އަދި ހަމަލާ ދިން މީހާ ކިޔޫ އަށް ވަދެފައި ވަނީ ސިފައިންގެ މީހަކަށް ހެދިކަން ކަމަށް ވެސް އޮފިޝަލުން ބުނެފައިވެ އެވެ.

ޔަމަނުގެ އަދަނުގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި 40 އަށް ވުރެ ގިނަ ސިފައިން މަރުވެފައިވޭ. --ފޮޓޯ:އޭއެފްޕީ

ޔަމަނުގެ އަދަނުގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި 40 އަށް ވުރެ ގިނަ ސިފައިން މަރުވެފައިވޭ. --ފޮޓޯ:އޭއެފްޕީ

ޔަމަނުގެ ޝިއައީ ހޫތީ ބާޣީން ވެރިރަށް ސަންއާ ހިފުމުން އދ. އާއި ސައުދީ ސަރުކާރުން ބަލައިގެންފައިވާ ރައީސް އަބްދުއް ރައްބޫހު މަންސޫރު ހާދީގެ ސަރުކާރު ގާއިމްކޮށްފައި ވަނީ އަދަނުގަ އެވެ. ހޫތީންނާ ދެކޮޅަށް ސައުދީ އަރަބިއާގެ ކޯލީޝަނުން ވައިގެ ހަމަލާތައް ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.

ޔަމަނުގެ ހަނގުރާމައިގައި ވަނީ 10،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފަ އެވެ. ޔަމަން ހަނގުރާމަ އދ. އިން ސިފަކޮށްފައި ވަނީ "އިންސާނީ މުސީބާތެއްގެ" ގޮތުގަ އެވެ.