Roadha Mihaaru
ޖޯޑަން ސިފައިން މަރާލީ އައިއެސް އިން ކަމަށް ބުނެފި

ޖޯޑަން ސިފައިން މަރާލީ އައިއެސް އިން ކަމަށް އެއްބަސްވެއްޖެ

27 ޖޫން 2016

އައްމާން (ޖޫން 27) - ސީރިއާގެ ސަރަހައްދީ ރޮނގާ ކައިރިން ޖާނުންފިދާވުމުގެ ޓްރަކް ބޮމުގެ ހަމަލާއެއްދީ ޖޯޑަން ސިފައިންގެ ހަ މީހުން މަރާލީ އިސްލީމް ސްޓޭޓް (އައިއެސް) އިން ކަމަށް އެއްބަސްވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އައްމާން (ޖޫން 27) - ސީރިއާގެ ސަރަހައްދީ ރޮނގާ ކައިރިން ޖާނުންފިދާވުމުގެ ޓްރަކް ބޮމުގެ ހަމަލާއެއްދީ ޖޯޑަން ސިފައިންގެ ހަ މީހުން މަރާލީ އިސްލީމް ސްޓޭޓް (އައިއެސް) އިން ކަމަށް އެއްބަސްވެއްޖެ އެވެ.

އައިއެސް އިން ނެރުނު ބަޔާނެއްގައި ބުނީ ރުކްބާން އޭރިޔާއާ ކައިރީގައިވާ ރެފިއުޖީ ކޭމްޕުގެ ސަރަހައްދުގައި ޖާނުންފިދާވުމުގެ ހަމަލާދީ އެ ޖަމާއަތުގެ ހަނގުރާމަވެރިއެއް ކަމަށެވެ.

ޖޯޑަން އަކީ އައިއެސްއާ ދެކޮޅަށް ހަމަލާ ދިނުމަށް އެކުލަވާލާފައިވާ ވައިގެ ސިފައިންގެ ލަޝްކަރުގައި ހިމެނޭ ގައުމެކެވެ. ޖޯޑަންގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ވަނީ ސީރިއާގައި އައިއެސްގެ ހަނގުރާމަވެރިންނަށް ބޮން އަޅައިފަ އެވެ.

ގޮވާ ތަކެތި ބަރުކޮށްގެން ދިޔަ ލޮރީ ބާރު ސްޕީޑުގައި ގޮސް ގޮއްވާލާފައި ވަނީ ޖޯޑަންގެ އަސްކަރީ ޕޯސްޓެއްގަ އެވެ. މި ހަމަލާގައި މަރުވެފައި ވަނީ ހަތަރު ބޯޑާ ގާޑުންނާއި ސިވިލް ޑިފެންސްގެ ދެ އޮފިސަރުންނެވެ.

މި ހަމަލާއާ ގުޅިގެން ޖޯޑަންގެ ރަސްގެފާނ އަބްދުﷲ ވިދާޅުވެފައި ވަނީ އެ ގައުމުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިން މަރާލި މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.