Roadha Mihaaru
އިންޑިއާ-އެމިރޭޓްސް ވިޔަފާރީގެ އެއްބަސްވުމެއް ހަދަނީ

އިންޑިއާ-އެމިރޭޓްސް ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަނީ

15 ފެބުރުއަރީ 2022

ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން އެއްބަސްވުމެއް ގާއިމުކުރުމަށް އިންޑިއާ އާއި އެމިރޭޓްސް އިން ނިންމައިފި އެވެ.

ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން އެއްބަސްވުމެއް ގާއިމުކުރުމަށް އިންޑިއާ އާއި އެމިރޭޓްސް އިން ނިންމައިފި އެވެ.

އިންޑިއާ ސަރުކާރުން ބުނި ގޮތުގައި ދެ ގައުމުގެ ވަޒީރުންގެ މެދުގައި މި އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އަންނަ ހުކުރު ދުވަހު އެމިރޭޓްސްގަ އެވެ. ދެ ގައުމުގެ ދެމެދުގައި ގާއިމުކުރާ މި އެއްބަސްވުމުގެ ސަބަބުން، ދެ ގައުމުގެ މެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވެ، ދެ ގައުމުގެ ސްޓްރެޓީޖީ ގުޅުން ވެސް އިތުރަށް ބަދަހިވެގެން ދާނެ އެވެ.

މި އެއްބަސްވުން ގާއިމުކުރުމުން، އިންޑިއާގައި އުފައްދާ ކާބޯތަކެތި، އެމިރޭޓްސް އަށް އިމްޕޯޓްކުރުމުގައި އިތުރު ލުއިތައް ލިބިގެންދާނެ އެވެ. އޭގެ އިތުރުން، އިންޑިއާގެ މަސައްކަތު މީހުންނާއި ޕްރޮފެޝަނަލް ދާއިރާތަކުގެ ފަންނީ މީހުން އެމިރޭޓްސްގައި ވަޒީފާ އަދާކުރުމުގައި ވެސް އިތުރު ލުއިތައް ލިބޭނެ އެވެ.

އިންޑިއާ އިން އުންމީދު ކުރާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން، އެމިރޭޓްސްގެ އިގްތިސާދީ މުހިންމު ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އިންޑިއާގެ ވިޔަފާރި ކުންފުނިތަކަށް ފަހިވެގެންދާނެ އެވެ. އަދި އެމިރޭޓްސްގެ ޒަރީއާއިން ބައިނަލްއަގުވާމީ އެހެން ބާޒާރުތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް އިންޑިއާގެ ވިޔަފާރިތަކަށް ފަހިވެގެންދާނެ އެވެ.

މީގެ އިތުރުން އެމިރޭޓްސްގެ ފަރާތުން އިންޑިއާ އަށް ކުރާނެ އެންމެ ބޮޑު ފައިދާއަކީ، އެމިރޭޓްސްގައި އުފައްދާ ތެލާއި ގޭހުގެ ބާވަތްތައް ފަސޭހަކަމާ އެކު އިންޑިއާ އަށް އެތެރެ ކުރުމުގެ މަގު ފަހިވުމެވެ. އަދި މިކަމުގެ ސަބަބުން އިންޑިއާގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ އެވެ.

ބައިނަލްއަގުވާމީ ވިޔަފާރީގެ މައިދާނުގައި އިންޑިއާގެ ބައިވެރިވުން އިތުރު ކުރުމަށް އިންޑިއާ ސަރުކާރުން މިހާރުވެސް އަންނަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ގަލްފުގެ އެއްބާރުލުމާ ބެހޭ މަޖިލީހުގެ މެމްބަރު ގައުމުތަކާ އެކުގައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ވެސް އިންޑިއާ އިން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ މަޖިލީހުގައި ހިމެނެނީ އެމިރޭޓްސްގެ އިތުރުން، ބަހްރައިން، އޮމާން، ކުވައިތު، ގަތަރު އަދި ސައޫދީ އަރަބިއްޔާ އެވެ.

މީގެ އިތުރުން އިނގިރޭސި ވިލާތާއި ވިލާތުގެ އިއްތިހާދާއި އޮސްޓްރޭލިޔާ އަދި ކެނެޑާއާ އެކުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ވެސް އިންޑިއާ އިން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.