ރާއްޖޭގައި އަންނަ އަހަރު ހިލޭ އެހީގެ ޕްރޮޖެކްޓްތައް އެއް ގައުމަކުން އެންމެ ގިނައިން ހިންގާނީ އިންޑިއާ އިން ކަމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
03 ނޮވެމްބަރ 2025
ރާއްޖޭގައި އަންނަ އަހަރު ހިލޭ އެހީގެ ޕްރޮޖެކްޓްތައް އެއް ގައުމަކުން އެންމެ ގިނައިން ހިންގާނީ އިންޑިއާ އިން ކަމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރުގެ ބަޖެޓް ފޮތުގައިވާ ގޮތުން އެ އަހަރަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓްގައި ހިލޭ އެހީގެ ޕްރޮޖެކްޓްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ 355 މިލިއަން ރުފިޔާގެ ތެރެއިން 7.3 މިލިއަން ރުފިޔާ އަކީ އިންޑިއާގެ ހިލޭ އެހީގެ ޕްރޮޖެކްޓުތަކެވެ.
ދެވަނަ އަށް އެންމެ ގިނައިން ހިލޭ އެހީގެ ޕްރޮޖެކުތައް ހިންގާނީ ބަޖެޓު ފޮތުގައިވާ ގޮތުން ޔޫއޭއީ އިންނެވެ. އެއީ 4.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ. ތިން ވަަނައިގައި އޮތް ޖަޕާނުން ހިންގާނީ 3.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ.
އެ ތިން ގައުމުގެ އިތުރުން، ނެދަލެންޑްސް އާއި އިޓަލީ އާއި ދެކުނު ކޮރެއާ ޕާކިސްތާނު އަދި ޗައިން ވެސް ރާއްޖޭގައި ހިލޭ އެހީގެ ޕްރޮޖެކްޓުތައް ހިންގާނެ އެވެ.
ރާއްޖޭގައި ހިންގާ ހިލޭ އެހީގެ ޕްރޮޖެކްޓުތަކުގައި ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކުން ވެސް 224.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް ހިންގާނެ އެވެ. އޭގެ ތެރެއިން 137.5 މިލިއަން ރުފިޔާ އަކީ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ ޕްރޮޖެކްޓުތަކެވެ.
ދެވަނަ އަށް އެންމެ ގިނަ ހިލޭ އެހީގެ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބަޖެޓްގައި ޖަހާފައި އޮތީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިންނެވެ. އެއީ 61.4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ. ތިން ވަނައިގައި އޮތް ގްރީން ކްލަައިމެޓް ފަންޑް (ޖީސީއެފް) އިން 12.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ރާއްޖޭގައި ހިންގާނެ އެވެ.
އދ. ގެ އެޖެންސީތަކުން އަންނަ އަހަރު ރާއްޖޭގައި ހިންގާނެ ކަމަށް ލަފާކޮށްފައި ވަނީ 32 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ. އޭގެ ތެރެެއިން އެންމެ ގިނަ ޕްރޮޖެކްޓް ކަމަށް ޖަހާފައި އޮތީ އދ. ގެ ތިމާވެށީގެ ޕްރޮގްރާމް (ޔޫއެންއީޕީ) އިންނެވެ. އެ ޖެންސީން 13.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގާނެ އެވެ. ދެވަނަ އަށް އެންމެ ގިނައިން ރާއްޖޭގައި ހިލޭ އެހީގެ މަޝްރޫއު ހިންގާނީ އދ. ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިންނެވެ. އެއީ 11.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ.
ރާއްޖޭގެ ތަރައްގީގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން!
"މި މަހުގެ މުސާރަ ދެވޭވަރަށް ވެސް ފައިސާއެއް ނެތް"
ރާއްޖެ، ޔޫއޭއީ، ގަތަރުގެ އެހީ އިންޑިއާ ބޭނުމެއް ނުވި
"ހަނިމާދޫ އެއާޕޯޓަކީ ގުޅުމަށް ލިބުނު ކުރިއެރުމެއް"
ރާއްޖެއަށް އިންޑިއާއިން ދޭ އެހީ އިތުރު ކުރަނީ
އިންޑިއާއިން 1.6 ބިލިއަން ރުފިޔާގެ ހިލޭ އެހީ
އިންޑިއާ އިން ނެގި ލޯނުގެ އަދަދު 22 ބިލިއަނަށް!
ކުރީގެ ސަރުކާރުން 54 ބިލިއަންގެ ލޯނު ނެގި: ފިނޭންސް
697 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި
އެމްއެންޑީއެފް ފައިލެޓުންގެ މުސާރަ ހިމަނަން ހުށަހަޅަނީ