Roadha Mihaaru

ގައުމީ އިނާމުގެ ގޮތުގައި އެހެން އޮފީސްތަކުން އިނާމު ނުދޭން އަންގައިފި

ރައީސް އޮފީހުން ކޮންމެ އަހަރަކު ދެމުން އަންނަ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމުގެ ހައިބަތު ގެއްލޭ ގޮތަށް "ގައުމީ އިނާމު"ގެ ނަމުގައި ސަރުކާރުގެ އެހެން އޮފީސްތަކުން އިނާމު ނުދޭން ރައީސް އޮފީހުން މިއަދު އަންގައިފި އެވެ.

އެހެން އޮފީސްތަކުން "ގައުމީ އިނާމު" ނުދޭން އަންގައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

18 ޑިސެމްބަރ 2016

ރައީސް އޮފީހުން ކޮންމެ އަހަރަކު ދެމުން އަންނަ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމުގެ ހައިބަތު ގެއްލޭ ގޮތަށް "ގައުމީ އިނާމު"ގެ ނަމުގައި ސަރުކާރުގެ އެހެން އޮފީސްތަކުން އިނާމު ނުދޭން ރައީސް އޮފީހުން މިއަދު އަންގައިފި އެވެ.

ރައީސް އޮފީހު ބުނީ ދައުލަތުގެ އެކި މުއައްސަސާތަކުން ވެސް ގައުމީ އިނާމުގެ ނަމުގައި އިނާމު ދެމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ސަރުކާރުން ކޮންމެ އަހަރަކު ދޭ ގައުމީ އިނާމުގެ ގަދަރާއި އިހުތިރާމް ކުޑަވެ، އޭގެ ހައިބަތަށް އުނިކަން ވެސް އަންނާނެ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ފެނިވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުން ކޮންމެ އަހަރަކު ގައުމީ އިނާމު ދެނީ މުޖުތަމައުގެ މަންފާއަށްޓަކައި، ވަކިވަކި ފަރުދުންނާއި ވަކި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ވިޔަފާރި އިދާރާތަކުން ކުރާ މަސައްކަތާއި ހޯދާ ކާމިޔާބީތަކުގެ އަގު، ގައުމީ ފެންވަރުގައި ވަޒަން ކުރާށެވެ.