Roadha Mihaaru
ޑްރަގް އެތެރެކުރިި އިންޑިއާ މީހަކު އުމުރަށް ޖަލަށް

ރާއްޖެއަށް ޑްރަގް އެތެރެކުރިި އިންޑިއާ މީހަކު އުމުރަށް ޖަލަށް

17 ފެބުރުއަރީ 2022

ރާއްޖެއަށް 3.9 ކިލޯގެ ޑްރަގް އެތެރެކުރި އިންޑިއާ މީހަކު އުމުރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއަށް 3.9 ކިލޯގެ ޑްރަގް އެތެރެކުރި އިންޑިއާ މީހަކު އުމުރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސައްތީކުމާރުގެ އޮގަސްޓް، 2019 ގައި ވައިގެމަގުން ރާއްޖެ އައިއިރު އޭނާގެ ލަޖެގުން މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނީ ސައްތީކުމާރުގެ ލަގެޖުން ކަމަށް ވާއިރު އަދި އެ ލަގެޖުން ފެނުނު މަސްތުވާތަކެތި ހޯދީ އޭނާގެ ހާޒިރުގައި އެ ފޮށި ހުޅުވައިގެން ކަމަށްވާތީ އެ ތަކެތި ފެނުނީ އޭނާގެ ހިޔާޒަތުގެ ދަށުން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މަސްތުވާތަކެއްޗާ ހަވާލުވާން އެހެން މީހަކު އަންނާނެ ކަމަށް އޭނާ އޭރު ބުނެފައިވާތީ އެ ފޮށީގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭ ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެ މަސްތުވާތަކެއްޗާ ހަވާލުވާން އެހެން މީހަކު އަންނާނެ ކަމަށް ސައްތީކުމާރު ބުނެފައިވާއިރު، އެތަކެއްޗާ ހަވާލުވާން އަންނަ މީހަކު ހޯދަން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ނުގެންދިއުމަކީ އެ ތަކެތި އެތެރެ ކުރުމުގެ ޒިންމާއިން އޭނާ ބަރީއަވެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

އޭނާ އުމުރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނި ކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ހަ މަހުގެ މުއްދަތެކެވެ. އަދި ޖޫރިމަނާ ދައްކަން އޭނާއަށް އެއް އަހަރުގެ މުއްދަތުގެ ހުކުމުގައިވަނީ ދީފަ އެވެ.