19 ފެބުރުއަރީ 2022
ޑީސީގެ އެންމެ ވަރުގަދަ އެއް ސުޕަހީރޯ ކަމަށްވާ ބެޓްމޭންގެ އާ ފިލްމު ފްލޮޕްވެ، އޭގެ ވިޔަފާރީ އަޑިއަޅާލަފާނެތީ ވަރަށް ބިރު ގަންނަ ކަމަށް މަޝްހޫރު އެކްޓަރު ރޮބާޓް ޕެޓިންސަން ބުނެފި އެވެ.
ޑީސީގެ އެންމެ ވަރުގަދަ އެއް ސުޕަހީރޯ ކަމަށްވާ ބެޓްމޭންގެ އާ ފިލްމު ފްލޮޕްވެ، އޭގެ ވިޔަފާރީ އަޑިއަޅާލަފާނެތީ ވަރަށް ބިރު ގަންނަ ކަމަށް މަޝްހޫރު އެކްޓަރު ރޮބާޓް ޕެޓިންސަން ބުނެފި އެވެ.
ސުޕަހީރޯ ރޯލުތަކުގެ ތެރެއިން ބެޓްމޭން އަކީ އެންމެ ގިނަ ބަޔަކަށް އެނގޭ އެއް ކެރެކްޓަރެވެ. މީގެ ކުރިން މަޝްހޫރު ގިނަ އެކްޓަރުންތަކެއް އެ ރޯލު ކުޅެފައިވެ އެވެ. އޭގެ ތެރޭގައި މައިކަލް ކީޓަން އާއި ޖޯޖް ކްލޫނީގެ އިތުރުން ކްރިސްޓިއަން ބޭލް އަދި ބެން އެފްލެކް ވެސް ހިމެނެ އެވެ.
އަލަށް ނެރޭ ބެޓްމޭން ފިލްމުގައި ބެޓްމޭންގެ ބްރޫސް ވޭންގެ ރޯލު ކުޅެނީ ޕެޓިންސަން އެވެ. އެހާ ގިނަ ބައެއްގެ އުއްމީދު އޮތް ރޯލަކަށް ވީމަ އެއިން އެއްވެސް މީހެއް ހިތްހަމަނުޖެހޭ ގޮތަށް އެ ކެރެކްޓާ ގެންނަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.
"އެންމެން ވެސް ބުނޭ، ފިލްމު ފްލޮޕް ވިޔަސް އެއީ ވަރަށް ބޮޑު ފުރުސަތެއް ކަމަށް. އެކަމަކު އަހަރެން ބޭނުމެއް ނޫން އެންމެ ކަޑަ ބެޓްމޭންގެ ރޯލު މަތިން މީހުން ހަނދާން ކުރާއިރު އޭގެ ތެރޭގައި އަހަރެން ހިމެނޭކަށް،" އޭނާ ބުންޏެވެ.
އަލަށް ނެރޭ ބެޓްމޭން ފިލްމަކީ "ޑާކް" ފިލްމަކަށް ވާއިރު އެ ފިލްމާ ދޭތެރޭ ގިނަ ބައެއްގެ ފޮނި އުއްމީދުތަކެއް އެބަ އޮތެވެ. އަންނަ މަހުގެ އަށެއްގައި ސިނަމާ އަށް ނެރުމަށް ހަމަޖެހިފައިވާ ބެޓްމޭން ފިލްމުގައި އިތުރު ރޯލުތަކުން ޒޯއީ ކްރެވިޓްސް އާއި ކޮލިން ފެރަލް އަދި ޖެފްރީ ރައިޓް ފެންނާނެ އެވެ.
މިހާތަނަށް އެންމެ ކާމިޔާބު ފިލްމަކީ ބެޓްމޭން
ޕެޓިންސަންގެ "ބެޓްމޭން" ގެ ޓްރެއިލާ ދައްކާލައިފި
"ބެޓްމޭން" 2022 އަށް ފަސްކޮށްފި
"ބެޓްމޭން" ގެ ގޮތުގައި ޕެޓިންސަން ދައްކާލައިފި
"ޓެނެޓް" އާއި "ވޮންޑަ ވުމަން 1984" ފަސްކޮށްފި
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް
ރުސްސޯ ބްރަދާސް އެނބުރި މާވެލްއަށް