Roadha Mihaaru
"ބެޓްމޭން" ގެ ގޮތުގައި ޕެޓިންސަން ދައްކާލައިފި

"ބެޓްމޭން" ގެ ގޮތުގައި ރޮބަޓް ޕެޓިންސަން ދައްކާލައިފި

24 އޯގަސްޓް 2020

ސުޕަހީރޯ ކެރެކްޓާތަކުގެ ތެރެއިން "ބެޓްމޭން" އަކީ ވެސް ފޭނުން ވަރަށް ގަޔާވާ ކެރެކްޓާއެކެވެ. "ބެޓްމޭން" ގެ ކުރިއަށް އޮތް ފިލްމުގެ ޓައިޓްލް ރޯލު ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަނާ އެކު ގެނެސްދޭން ނިންމާފައިވާ އިރު، މީގެ ޓީޒާ ޓްރެއިލާއެއް މިހާރު ވަނީ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސުޕަހީރޯ ކެރެކްޓާތަކުގެ ތެރެއިން "ބެޓްމޭން" އަކީ ވެސް ފޭނުން ވަރަށް ގަޔާވާ ކެރެކްޓާއެކެވެ. "ބެޓްމޭން" ގެ ކުރިއަށް އޮތް ފިލްމުގެ ޓައިޓްލް ރޯލު ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަނާ އެކު ގެނެސްދޭން ނިންމާފައިވާ އިރު، މީގެ ޓީޒާ ޓްރެއިލާއެއް މިހާރު ވަނީ ދައްކާލައިފި އެވެ.

އެ ބެލި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި "ޓްވައިލައިޓް" ސާގާއިން ވިދައިލި އެކްޓަރު ބެޓްމޭންގެ ރޯލަށް ހަމަ ހެޔޮވަރެވެ. އަދި ޓީޒާ އިން އޭނާ އެ ކެރެކްޓާ އަށް ކިހާ ޑެޑިކޭޓްވެފައިވާކަން ވެސް ދައްކުވައިދޭ ކަމަށް ބައެއް މީހުން ބުންޏެވެ.

އުފެއްދުމުގެ މަރުހަލާގައި އޮތް "ބެޓްމޭން" އާ ފިލްމުގެ ޑައިރެކްޓަރަކީ މެޓް ރީވްސް އެވެ. މީގެ ކާސްޓުންގެ ތެރޭގައި ކޮލިން ފެރެލް، އެންޑީ ސާކިޒް، ޖޭމީ ލޯސަން، ޖެފްރީ ރައިޓް، ޕޯލް ޑާނޯ އަދި ޒޯ ކްރަވިޒް ހިމެނެ އެވެ.

ޕެޓިންސަން، 34، ދެން އެންމެ އަވަހަށް ފެނިގެންދާނީ ވެސް ވަރަށް ވަރުގަދަ ބޮޑު ފިލްމަކުންނެވެ. އެއީ ކްރިސްޓޯފާ ނޯލަންގެ "ޓެނެޓް" އެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ދަ ޑެވިލް އޯލް ދަ ޓައިމް" ހިމެނެ އެވެ.