Roadha Mihaaru
ޕެޓިންސަންގެ "ބެޓްމޭން" ގެ ޓްރެއިލާ ދައްކާލައިފި

ޕެޓިންސަންގެ "ބެޓްމޭން" ގެ ޓްރެއިލާ ދައްކާލައިފި

18 އޮކްޓޯބަރ 2021

ހޮލީވުޑްގެ ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަނާ އެކު ގެނެސްދޭން ތައްޔާރު ވަމުން އަންނަ ސުޕަހީރޯ ފިލްމު "ދަ ބެޓްމޭން" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަނާ އެކު ގެނެސްދޭން ތައްޔާރު ވަމުން އަންނަ ސުޕަހީރޯ ފިލްމު "ދަ ބެޓްމޭން" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން އެކި ފަހަރު މަތިން މަސައްކަތްތަކަށް ބުރޫއެރި ފިލްމުގެ ޓްރެއިލާ ދައްކައިލުމާ އެކު ގިނަ ބަޔަކު ބުނަމުން އަންނަނީ މިއީ ބެޓްމޭންގެ ރޯލުން ޕެޓިންސަން ޖާދޫ ދައްކައިދޭނެ ފިލްމެެއް ކަމަށެވެ. "ޓްވައިލައިޓް" ސާގާ އިން ވިދި 35 އަހަރުގެ އެކްޓަރުގެ "ބެޓްމޭން" ގެ ޝޫޓިން އެއްކޮށް ނިންމާލައި، ފިލްމު މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ.

ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް 4 ގަ އެވެ. ސަތޭކަ މިލިއަން ޑޮލަރުގެ ބަޖެޓަކުން މެޓް ރީވްސް ޑައިރެޓްކޮށްފައިވާ "ދަ ބެޓްމޭން" ގެ ކާސްޓްގައި ޒޯ ކްރަވިޒް، ޕޯލް ޑާނޯ، ޖެފްރީ ރައިޓް، ޖޯން ޓާޓަރޯ، އެންޑީ ސާކިސް، ކޮލިން ފެރެލް އަދި ޕީޓާ ސާޒްގާޑް ހިމެނެ އެވެ.

ހޮލީވުޑްގެ ނުޒޫފު ގަދަ ސުޕަހީރޯ ކެރެކްޓާއެއްގެ ގޮތުގައި މަޝްހޫރު ޑީސީ ފިލްމްސްގެ ބެޓްމޭންގެ ރޯލުން ޕެޓިންސަން އަންނަ އަހަރު ބައްދަލުކުރާ އިރު، އޭނާގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ ކްރިސްޓޮފާ ނޯލަންގެ ސައިންސް ފިކްޝަން އެކްޝަން ތުރިލާ "ޓެނެޓް" އާއި އެންޓޯނިއޯ ކެމްޕޮސްގެ ސައިކޮލޮޖިކަލް ތުރިލާ "ދަ ޑެވިލް އޯލް ދަ ޓައިމް" އެވެ.