Roadha Mihaaru
ސްނެޕްޗެޓަށް ލައިވް ލޮކޭޝަން ފީޗާއެއް އިތުރުކުރަނީ

ސްނެޕްޗެޓަށް ލައިވް ލޮކޭޝަން ފީޗާއެއް އިތުރުކުރަނީ

20 ފެބުރުއަރީ 2022

މަޝްހޫރު ސޯޝަލް މީޑިއާ އެޕް، ސްނެޕްޗެޓަށް ރިއަލް ޓައިމް ލޮކޭޝަން ޝެއަރިން ފީޗާއެއް އިތުރުކުރަން ނިންމައިފި އެވެ.

މަޝްހޫރު ސޯޝަލް މީޑިއާ އެޕް، ސްނެޕްޗެޓަށް ރިއަލް ޓައިމް ލޮކޭޝަން ޝެއަރިން ފީޗާއެއް އިތުރުކުރަން ނިންމައިފި އެވެ.

ސްނެޕުން ކުރި އިއުލާނެއްގައި ބުނީ، އެއީ ރައްޓެހިން ނުވަތަ އާއިލާގެ މީހަކާ ބައްދަލުކުރަން ދާއިރު އެކަކު އަނެކަކަށް އެ މީހަކު ހުރި ހިސާބެއް އަންގައިދޭ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ. ނުވަތަ ރައްޓެހިންނަށް ގެއަށް ދެވުނުތޯ ޔަގީންކުރުން ފަދަ ރައްކާތެރިކަމުގެ ފީޗާއެއްގެ ގޮތުގައި ވެސް އެ ބޭނުންކުރެވޭނެ އެވެ.

އެ ފިޗާ އެންމެ ވައްތަރީ އައިއޯސްގެ "ފައިންޑް މައި" އެޕްއާ އެވެ. އެ އެޕުން ވެސް ލޮކޭޝަން ޗެކުކޮށް، ޝެއާ ކުރެވެ އެވެ. އަދި އެ މީހަކު ހުރި ހިސާބެއް ޓްރެކް ކުރެވެ އެވެ.

ސްނެޕްގައި އެ ފީޗާ ބޭނުންކުރެވޭނީ ގިނަވަގެން ކިހާ ވަގުތަކަށް ކަން އެ މީހަކަށް އަމިއްލަ އަށް ހިޔާރު ވެސް ކުރެވޭނެ އެވެ. ބޭނުން އިރު ބަދަލު ވެސް ކޮށްލެވޭނެ އެވެ. އަދި ލޮކޭޝަން ޝެއާ ކުރެވޭނީ ވެސް ހަމައެކަނި ސްނެޕުން އެޑްކޮށްފައި ތިބޭ މީހުންނަށެވެ.

އެ ފީޗާ ބޭނުންކޮށްގެން ފާރަލުން ކަހަލަ ނުބައި ކަމެއް ކޮށްފާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ލޮކޭޝަން ޝެއާ ކުރުމަށް ފަހު ވެސް، އެ މީހެއްގެ ލޮކޭޝަން ފޮރުވަން ބޭނުންވެއްޖެ ނަމަ އެ އޮޕްޝަން ވެސް ލިބެ އެވެ.

މިއީ ސްނެޕަށް ލައިވް ލޮކޭޝަން ފީޗާއެއް އިތުރުކުރި ފުރަތަމަ ފަހަރެވެ. މިހާރު ވެސް ސްނެޕްގައި "ސްނެޕް މެޕް" ކިޔާ ލޮކޭޝަން ފީޗާއެއް އިނދެ އެވެ. އެކަމަކު އެ ފީޗާގައި ފެންނަނީ މީހަކު އެންމެ ފަހުން ސްނެޕެއް ކުރާ ލޮކޭޝަނެވެ.

މި ހަފުތާގައި އެ އާ ފީޗާ ސްނެޕްގައި ރޯލްއައުޓް ކުރަން ފަށާނެ އެވެ.