Roadha Mihaaru
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ

ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ

06 އޯގަސްޓް 2021

ފޭސްބުކާއި އޭގެ ދަށުން ހިންގާ އިންސްޓަގްރާމް ގޮތަށް މަޝްހޫރު ޓިކްޓޮކް އެޕަށް ވެސް "ސްޓޯރީސް" ގެންނަން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކާއި އޭގެ ދަށުން ހިންގާ އިންސްޓަގްރާމް ގޮތަށް މަޝްހޫރު ޓިކްޓޮކް އެޕަށް ވެސް "ސްޓޯރީސް" ގެންނަން ތައްޔާރުވާން ފަށައިފި އެވެ.

މި ހަފުތާގައި މީގެ ވާހަކަ ޓެކް ކުންފުނިތަކުގެ ޚަބަރުތައް ކޮންނަ ބައެއް ކޮންސަލްޓަންޓުން ވެސް ސޯޝަލް މީޑިއާ އަށް ތިލަކޮށްފައި ވަނިކޮށް ޓިކްޓޮކްގެ ތަރުޖަމާނު ވަނީ "ސްޓޯރީސް" ފީޗާ ތައާރަފުކުރަން އުޅޭކަން "ވާޖް" އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ. އެއަށް ދީފައިވާ ނަމަކީ "ޓިކްޓިކް ސްޓޯރީސް" އެވެ.

އޭނާ ވިދާޅުވީ އަބަދުވެސް ޓިކްޓޮކަކީ އޭގެ ތެރެއަށް ޝައުގުވެރި ކަންކަން ގެންނަން މަސައްކަތްކުރާ ބަޔަކަށްވާތީ "ސްޓޯރީސް" އަކީ ވެސް މިހާރު މުހިއްމު ފީޗާއެއް ކަމަށެވެ.

"ޓިކްޓޮކް ކޮމިއުނިޓީ އުފާކޮށްދޭން އަބަދު ވެސް އަހަރެމެން މަސައްކަތްކުރަނީ. އެހެންވީމާ ސްޓޯރީސް ފީޗާ އަކީ އަނެއްކާ ވެސް އާ ތަޖުރިބާއަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ. "އަދި މިއީ ޓިކްޓޮކް ކޮމިއުނިޓީ އަށް ދޫކޮށްލެވޭ އިތުރު ކްރިއޭޓިވް ފީޗާއަކަށް ވާނެ."

"ޓިކްޓިކް ސްޓޯރީސް" މިހާރު ޓެސްޓްކުރަމުން ދިޔަ ނަމަވެސް އެ އާންމުކޮށް ދޫކޮށްލާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެއަށް ލާ އެއްޗެހި ފެންނަން އިންނާނީ 24 ގަޑިއިރަށެވެ.

މިހާރު "ސްޓޯރީސް" ހިމެނޭ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ސްނެޕްޗެޓާއި ލިންކެޑިން އާއި ޕިންޓަރެސްޓާއި ނެޓްފްލިކްސް، ޔޫޓިއުބް އަދި އެކްސްބޮކްސް އެޕް ހިމެނެ އެވެ. މީގެ އަށް މަސް ކުރިން ޓްވިޓާ އަށް ވެސް "ފްލީޓް" ގެ ނަމުގައި ސްޓޯރީ ފީޗާ ތައާރަފުކުރި އެވެ. އެކަމަކު އޭގެ މަގުބޫލުކަން ކުޑަވެގެން މި ހަފުތާގެ ކުރީކޮޅު ވަނީ ހުއްޓާލައިފަ އެވެ.