Roadha Mihaaru
ފޮޓޯ ސްޓޯރީ: ޕާކިން ޒޯންތައް ޕެލެޓްތަކުން ފުރިފައި!

21 ފެބުރުއަރީ 2022

ނިޝާން އަލީ ނިޝާން އަލީ
ގަވާއިދާ ހިލާފަށް ޕާކިން ޒޯނެއްގައި ބަހައްޓާފައި ހުރި ޕެލެޓުތަކެއް މަތިން މީހަކު ހިނގާފައިދަނީ: އެމްޕީއެލް އާއި ކަސްޓަމްސް ސަރަހައްދާއި ހަވީރީ ހިނގުމުގައި މި މައްސަލަ ވަކިން ބޮޑުވެފައިވާއިރު، މިހެން ބަހައްޓާފައި ހުންނަ ޕެލެޓުތަކުގައި މީހުންގެ ފައި ތާށިވެ، ފައި ބިންދައިގެން ދިއުމުގެ ހާދިސާ ވެސް ހިނގާފައި އެބަހުރި. މި ކަހަލަ ބައެއް ހާދިސާތަކުގައި ބައެއް މީހުންނަށް ބޮޑެތި ޒަހަމްތަކެއް މީގެ ކުރިން ވެސް ލިބިފައިވޭ.

ގުދަނެއްގެ ކުރިމަތީގައި، ދުވާރުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓުތަކެއް ކައިރިން މީހަކު ދަނީ: މާލޭގެ އެމްޕީއެލްގެ ސަރަހައްދުގެ އެކި މަގުތަކާއި ގޯޅިތަކުން މިއީ ވަރަށް އާންމު މަންޒަރެއް. އެ ސަރަހައްދަކީ މުދާ އުފުލާ ލޮރީތައް ގިނަ ސަރަހައްދަކަށް ވާތީ ލޮރީތައް ޕާކުކުރަން ދުވާލުގެ ގިނަ ވަގުތުތަކުގައި ޕާކިން ޒޯންތަކުގައި އޮންނަނީ ޕެލެޓް އަޅާފައި. އެހެންވެ، ސައިކަލްތައް ޕާކުކުރާނެ ޖާގައެއް ނުލިބޭ. މިއީ އެ ސަރަހައްދުގައި ޝަކުވާ ބޮޑުވެފައިވާ މައްސަލައެއް.

މަގެއްގައި ބާއްވާފައި އޮތް ދަގަނޑު ޕެލެޓެއް: ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ބޮޑެތި ގެއްލުން ލިބޭ ގޮތަށް މިކަހަލަ ވަރަށް ގިނަ ޕެލެޓްތައް މަގުތަކުގައި ބާއްވާފައި އެބަހުރި. މިކަހަލަ ދަގަނޑު ޕެލެޓްތަކުން ނުރައްކާތެރި ހާދިސާތައް ހިނގާފައި އެބަހުރި. ބައެއް މަގުތަކުގައި މި ގޮތަށް ބާއްވާފައި ހުރި ބައެއް ޕެލެޓްތަކުގެ ފުޅާމިނުގައި އަށް ފޫޓު ވެސް އެބަހުރި. އެކަމަކު، މި ކަން ހައްލުކޮށް، ހަމަޔަކަށް އެޅުވޭނެ އެއްވެސް މުއައްސަސާއެއް މި ގައުމުގައި ނެތް.

ގުދަންތަކެއް ހުރި ސަރަހައްދެއްގައި ޕާކް ނުކުރެވޭ ގޮތަަށް ޕެލެޓް ބަހައްޓާފައި: މާލޭގެ އެއްވެސް މަގެއްގައި އެއްވެސް އެއްޗެއް ބެހެއްޓުމާއި އެތުރުމަކީ މަނާކަމެއް. އެހެން ނަމަވެސް މާލޭގެ ވަރަށް ގިނަ މަގުތަކުން މިހާރު ޕާކިން ޖާގަތައް ބްލޮކްކޮށްފައި ހުންނަ މަންޒަރު ވަރަށް ގިނައިން ފެނޭ.

ލަކުޑި ގުދަނެއް ކުރިމަތީގައި ޕާކް ނުކުރެވޭ ގޮތަށް ބަހައްޓާފައި ހުރި ޕެލެޓްތަކެއް: މިއީ މަނާ ކަމެއް ނަމަވެސް، އެގޮތަށް ބަހައްޓާ ޕެލެޓްތައް ނަގާކަށް މާލޭ ސިޓީ ކައުންސިލަކުން ވެސް، އަދި ފުލުހުން ވެސް މަސައްކަތެއް ނުކުރޭ. ނުފޫޒުގަދަ މީހުން ބޭނުންހާ ގޮތަކަށް މިކަން ކުރާއިރު، ކަމާ ބެހޭ ފަރާތްތަކުން އަޅާ ނުލާ ކަމުގެ ޝަކުވާ ވަރަށް ބޮޑު.

ޕޭވްމަންޓްމަތީގައި ބަހައްޓާފައި ހުރި ޕެލެޓްތަކެއް ކައިރިން ކުޑަކުއްޖަކު ހިނގާފައި އަންނަނީ: މި ޕެލެޓްތަކަކީ، އޭގެ ކުޑައިރުކޮޅެއް ކުރިން މަގުމަތީގައި ޖާގަ ކަށަވަރު ކުރަން ދުރާލައި ބާއްވާފައި ހުރި ޕެލެޓްތަކެއް: އުޅަނދު ޕާކު ކުރުމާ އެކު އެ ޕެލެޓްތައް އެ ހުންނަނީ ދުވާރުމަތީގައި ބަހައްޓާފައި. އާންމުންނަށް ކިތަންމެ ބޮޑު ތަކުލީފެއް މި ޕެލެޓްތަކާ ގުޅިގެން އުފުލަން ޖެހުނަސް ފެންނަނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ނުކުޅެދުންތެރިކަން.

ހުސްނުހީނާ މަގުގައި ބޮޑު ސަރަހައްދެއްގައި ޕެލެޓު އަޅައި ޕާކް ނުކުރެވޭ ގޮތް ހަދާފައި: މާލެ ކަހަލަ ޕާކުކުރާނެ ޖާގަ މަދު ރަށެއްގައި ޕާކު ކުރަން އޮންނަ މަދު ޖާގަތައް ވެސް މިހާރު މި ވަނީ އެކި މީސްމީހުންގެ އަމިއްލަ ބޭނުންތަކަށް ނަގާފައި. މިއީ މަނާކަމެއް ނަމަވެސް، މިކަމާ އަޅާލާ އިދާރާއެއް ނެތް.

މާލޭގެ ހަނިމަގެއްގައި އަތުރާފައި ހުރި ޕެލެޓްތަކެއް: ބައެއް ފިހާރަތައް ކުރިމަތީގައި ޕެލެޓް އަތުރައިގެން ވިޔަފާރު ކުރާ ކަމުގެ ޝަކުވާ ވެސް ބޮޑު. އަދި އެ ޕެލެޓްތައް މިހާރު ދާއިމީވެ، އެ ޖާގަ ވެފައި ވަނީ ފިހާރަތަކުގެ ނުވަތަ ގޭގެ ވެރިފަރާތުގެ އަމިއްލަ ޖާގައަކަށް.

ގަރާޖެއްގެ ކުރިމަތީގައި ޕާކް ނުކެރެވޭނެހެން ގޭގެ އިމާ އެއްވަރަށް ދަގަނޑުން ޕެލެޓު ހަދަައި، ބޮޑު ސަރަހައްދެއްގެ ޕާކިން ގެއްލުވާލާފައި: ބައެއް މީހުން ބުނަނީ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް. އެކަމަކު އިމާރާތްތަކުގެ އެތެރޭގައި ގަރާޖު ހަދަން ހުއްދަ ދޭ އިރު، އެތަންތަނަށް އުޅަނދުފަހަރަށް ވަދެވޭނެ ގޮތެއް ވެސް އޮންނަން ޖެހޭ ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރޭ. މައްސަލައަކީ، ބައެއް ގަރާޖުތައް ހިންގާ އިރު، ބޮޑު ސަރަހައްދެއް ދާއިމީކޮށް ބަންދުކޮށްލާތީ.

ޕާކިން ސަރަހައްދެއް ކަށަވަރު ކުރުމަށް ޓަކައި މަގެއްގައި އަތުރަން ތައްޔާރުކޮށްފައި ހުރި ޕެލެޓްތަކެއް: މާލޭގައި ޕާކު ކުރާނެ ޖާގައެއް ނެތް. އަމިއްލަ މީސްމީހުންނާއި ވިޔަފާރިވެރިންނާއި ފިހާރަތަކުން ގެންގުޅޭ ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރަން މިހާރު އާންމުކޮށް ކުރާ އެއް ކަމަކީ ޕެލެޓްތައް އަތުރައިގެން ޖާގަތައް ބްލޮކް ކުރުން. މިއީ މާލޭގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް. އެކަމަކު، މައްސަލަ ހައްލު ކޮށްދޭނެ އިދާރާއެއް ނެތް.

ގަރާޖެއް ކުރިމަތީ ޕާކް ނުުރެވޭ ގޮތަށް ޗޭނުޖަހައި ބަންދުކޮށް އަދި އޭގެ ފަހަތުގައި ސައިކަލު ބަހައްޓާފައި: ބައެއް ގޭގޭގައި ހަދާފައިވާ ގަރާޖުތައް ކުރިމަތީގައި ޕާކުކުރާތީ، އެ ތަނަށް ނުވަދެވޭ މައްސަލައިގައި އެތަންތަން ކުރިމަތި މުޅި ދުވަސް އޮންނަނީ ބްލޮކް ކޮށްލައިފައި.

ކެފޭ އެއްގެ ކުރިމަތީގައި ޕާކް ނުކުރެވޭ ގޮތަށް ޕެލެޓު އަޅައި ބަންދުކޮށްފައި: ޕާކުކުރާނެ ޖާގަ ނެތްކަން އެނގޭ އިރު ވެސް ވަރަށް ގިނަ ފިހާރަތަކާއި ކެޕޭތައް ކުރިމަތި އޮންނަނީ މި ގޮތަށް ބްލޮކްކޮށްލައިފައި. މިއީ އަމިއްލަ ފަރާތްތަކުން ކަމާ ބެހޭ ފަރާތްތަކަށް ތަކުރާރުކޮށް ހުށަހަޅާފައިވާ މައްސަލައަކަށް ވިޔަސް އެކަން ހައްލުކުރަން އަމަލީ ފިޔަވަޅެއް ނޭޅޭ. އަދި މި މައްސަލަ ދަނީ އިތުރަށް ގޯސްވަމުން.