Roadha Mihaaru
އަޑުބަރޭއަށް އަހަރު ދުވަހުގެ ހުކުމަށް އޮތީ އެދިިިފައި

އަޑުބަރޭ ޖާމިނު އެއްބަސްވުމާ ހިލާފުވުމުން އެދިފައި އޮތީ އެއް އަހަރުގެ ޖަލު ހުކުމަކަށް

20 ފެބުރުއަރީ 2022

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު އެޅިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަަށް ފުރުވާލުމުގައި ޖާމިނުވި އެއްބަސްވުމާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހިލާފުވި މައްސަލައިގައި އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭން އެދިފައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު އެޅިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަަށް ފުރުވާލުމުގައި ޖާމިނުވި އެއްބަސްވުމާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހިލާފުވި މައްސަލައިގައި އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭން އެދިފައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

އަޑުބަރޭ ކޯޓަށް ހާޒިރުނުވެގެން އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ޣައިރު ހާޒިރުގަ އެވެ. މި ހުކުމުގެ ކުރިން ރާއްޖެ އިން ބޭރަށް ދިޔަ އަޑުބަރޭ އެނބުރި ރާއްޖެ އައިސް އަމިއްލައަށް ރޭ ވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ.

ކޯޓަށް ހާޒިރުނުވެގެން ހުކުމެއް އައިއިރު ޖާމިނު އެއްބަސްވުމާ ހިލާފުވި މައްސަލަ ވެސް އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަ އަދި މީޑިއާ އޮފިޝަލްް އަހްމަދު ޝަފީއު ވިދާޅުވީ ޖާމިނު އެއްބަސްވުމާ ހިލާފުވި މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ލިއުމުން ދެ ފަހަރަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އަދި ޝަރީއަތުގައި އަނގަބަހުން ވެސް އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ގޮތެއް ނިންމާފައި ނުވާތީ ދެން އޮންނަ ޝަރީއަތެއްގައި ވެސް އެކަން ޕީޖީ އޮފީހުން އެކަން ހުށަހަޅާނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލުމަށްޓަކައި ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހަކު ޔަގީންކަންދީ ޖާމިނުވެއްޖެ ނަމަ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލަން ފަނޑިޔާރަށް އަމުރުކުރެވިދާނެ ކަމަށެވެ. ބަންދުގައި ހުރި މީހާއާ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ޚިލާފުވުމަކީ ކުށެކެވެ.

އަދަބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖަލަށް ލުމާއި ގޭ ބަންދުކުރުމާއި 15،000ރ. އަށް ވުރެން ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ޝަރީއަތަށް ހާޒިރުނުވެގެން އޭނާގެ މައްޗަށް ވެސް ވަނީ ދެ އަމުރެއް ނެރެފަ އެވެ. ސުޕްރީމް ކޯޓުންނާއި ކްރިމިނަލް ކޯޓުން ނެރުނު ދެ އަމުރު ތަންފީޒެއް މިހާތަނަށް ނުކުރެވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އަންނާނެ އެވެ.