Roadha Mihaaru
ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭ އިލިއާ ތާށިވެފައި

ޔޫކްރޭން ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި އިލިއާ ތާށިވެފައި

01 މާޗް 2022

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ދެ އަހަރު ކުޅުނު ޔޫކްރޭންގެ ފޯވާޑް ސޮބޯލް އިލިއާ ފާހަގަ ކުރެވިފައި ވަނީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ކުޅުނު ފެންވަރު ރަނގަޅު ބިދޭސީ އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ. ސޮބްހް މުހައްމަދު އިބްރާހިމްގެ ކޯޗު ކަމުގެ ދަށުން ފުރަތަމަ ޑިވިޝަންގައި ގްރީންގެ ފުރަތަމަ އަހަރު އިލިއާ މޮޅު ކުޅުމެއް ދެއްކި އެވެ. ދެވަނަ ސީޒަންގައި އެ ޓީމަށް ކޯޗު ކޮށްދިން ގައުމީ ޓީމުގެ މިހާރުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭންގެ ކޯޗުކަމުގައި ގްރީންގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި އިލިއާ ހަމަޖެއްސި އެވެ. ބައެއް މެޗުތަކުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިރު އޭނާގެ ޒިންމާ ދަނޑުމަތީގައި ބޮޑުވި އެވެ. ދަނޑު މަތީގައި އަވަހަށް ރުޅި އަންނަ ކުޅުންތެރިޔާ އަށް މައިތިރިވެ ހުންނަން މަޖުބޫރުވި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިދިޔަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަންގެ މުބާރާތް ބުރު ސްޕޯޓްސް އަށް ހޯދައިދިނުމުގައި ވެސް އިލިއާގެ ހިއްސާ ބޮޑެވެ. ރާއްޖޭގައި އިލިއާ ހޭދަކުރި އަހަރުތައް އޭނާ ސިފަ ކުރަނީ އުފާވެރި ދުވަސްތަކެއްގެ ގޮތުގަ އެވެ.

އެހެންނަމަވެސް މިވަގުތު އޭނާ ހޭދަ ކުރަނީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ. ހަނގުރާމައިގެ އަނދަވަޅަކަށް އިލިއާގެ އަމިއްލަ ގައުމު، ޔޫކްރޭން ވެއްޓުނު އިރު އޭނާ އާއި އޭނާގެ އާއިލާ ވެސް ވަނީ އެ ބިރުވެރިކަމުގެ ތެރޭގައި ތާށިވެފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކުރީގެ ފޯވާޑް އިލިއާ: އޭނާ ބުނީ އާންމުންގެ މީހަކަށް ވެސް ރައްކާތެރިކަމެއް ނެތް ކަމަށް ---- ފައިލް ފޮޓޯ: މިހާރު

ގްރީން ސްޓްރީޓްސްގެ ކުރީގެ ފޯވާޑް އިލިއާ: އޭނާ ބުނީ އާންމުންގެ މީހަކަށް ވެސް ރައްކާތެރިކަމެއް ނެތް ކަމަށް ---- ފައިލް ފޮޓޯ: މިހާރު

"ހަނގުރާމަ ފެށުމުގެ ކުރިން އަހަރެން އުޅެމުން ދިޔައީ ކާކޯވްގައި. އެކަމަކު އެ ސިޓީ ރަޝިއާ ސިފައިން ހިފުމުން އަހަރެން ބަދަލުވީ އަހަރެންގެ އަމިއްލަ ސިޓީ ޒަޕޮރޯޒެޔާ އަށް،" ބިމު އަޑީގައި ހަދައިފައިވާ ރައްކާތެރިކަމުގެ ޝެލްޓާގައި ހުރެ އިލިއާ "މިހާރު" އަށް ކިޔައި ދިނެވެ.

"މިއީ މި ވަގުތު އަހަރެމެންނަށް ދިމާވެފައިވާ ހާލަތު. ބޭރަށް ނުކުންނަށް އެއްވެސް މީހަަކަށް ރައްކާތެރި ކަމެއް ނެތް. ޝެލްޓާ ވެސް މިއޮތީ މީހުން ގިނަ ކަމުން ފުރިފައި."

އޭނާ ބުނި ގޮތުގައި އެކަން ތަޖުރިބާ ކުރަމުންދާ މީހަކަށް ނޫނީ އެކަމުގައި ހުރި ބިރުވެރިކަމާއި ވޭނާއި އުނދަގޫތައް ނޭނގޭނެ އެވެ. ނުރައްކާތެރިކަން ބޮޑު މިންވަރަކީ ސިފައިންގެ މީހެއް އާންމުންގެ މީހަކަށް ބެލުމެއް ނެތި ރަޝިއާ އިން ހަމަލާ ދެމުން ގެންދިއުން ކަމަށް އޭނާ ބުންޏެވެ.

އިލިއާ ގްރީންގައި ކުޅުނު މެޗެއްގައި. --މިހާރު ފައިލް ފޮޓޯ

އިލިއާ ގްރީންގައި ކުޅުނު މެޗެއްގައި. --މިހާރު ފައިލް ފޮޓޯ

"އަހަރެމެންގެ ސިޓީގެ ވެސް އެކި ސަރަހައްދުތަކަށް ރޮކެޓް ހަމަލާތައް ދީ، ފުނޑުފުނޑުކޮށްލައިފި،" އޭނާ ބުންޏެވެ.

"މިހާރު އެ މީހުން ގެންދަނީ އެއްގަމު މަގުން މި ސިޓީ ވެސް ވަށާލަމުން. ޔޫކްރޭން އެކަނި ހަނގުރާމަ މިކުރަނީ ދެ ގައުމާ ދެކޮޅަށް. ރަޝިއާ އާއި ބެލަރޫސްއާ ދެކޮޅަށް."

ކާކޯވް އަކީ ރަޝިއާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ސިޓީ އެވެ. އިލިއާ ބުނި ގޮތުގައި ފެބްރުއަރީ 23 ގައި ރަޝިއާ ސިފައިން ކާކޯވްގެ ބޯޑަރު ސަރަހައްދަށް ޖަމާވާން ފެށި ހިސާބުން ފެށިގެން ހިތުގައި ބިރުވެރިކަން އުފެދޭން ފެށި އެވެ.

"މީގެ އެންމެ ބިރުވެރިކަމަކީ ހަމަ އެއްވެސް މީހަކަށް އަމާން ކަމެއް ނެތުން،" އިލިއާ ބުންޏެެވެ.

"ރާއްޖެ މަތިން އަހަރެން ހަނދާންވޭ. ހީކުރަން ދިވެހިން ވެސް ތިބޭނީ އަހަރެމެންނާއާ އެކު ކަމަށް."