Roadha Mihaaru

އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ވަކިކުރައްވައި އެ މަގާމަށް މާނިއު

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް މުހައްމަދު ފަރުހާދު މަގާމުން ވަކިކުރައްވައި އެ މަގާމަށް، އެ ކޮމިޝަންގެ ނައިބު ރައީސް ޔޫސުފް މާނިއު މުހައްމަދު އައްޔަން ކުރައްވައިފި އެވެ.

އިންޓެގްރިޓީ ކޮމިޝަންގެ ރައީސަކަށް މާނިއު

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް މުހައްމަދު ފަރުހާދު މަގާމުން ވަކިކުރައްވައި އެ މަގާމަށް، އެ ކޮމިޝަންގެ ނައިބު ރައީސް ޔޫސުފް މާނިއު މުހައްމަދު އައްޔަން ކުރައްވައިފި އެވެ.

އެންއައިސީން ބުނިގޮތުގައި ކޮމިޝަންގެ ރައީސް ފަރުހާދު މަގާމުން ވަކިކުރެއްވި ކަން ރައީސް އޮފީހުން މިއަދު އަންގާފައިވާ ކަމަށެވެ. ކޮމިޝަންގެ މެމްބަރުކަމުން ވެސް ފަރުހާދު ވަކިކުރެއްވިކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށް އެންއައިސީން ބުންޏެވެ.

އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ ރައީސް މަގާމަށް އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަކު ކޮމިޝަންގެ ނައިބު ރައީސް އައްޔަން ކުރާނީ އެ ކޮމިޝަންގެ މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ.

އެންއައިސީގެ ރައީސް މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.