Roadha Mihaaru
ރައީސް ޚިތާބު ދެއްވާ ވަގުތަށް އަނެއްކާވެސް ބަދަލު

ރައީސް ޔާމީން ގައުމާ މުހާތަބުކުރައްވާ ވަގުތު ތިން ވަނަ ފަހަރަށް ބަދަލުކޮށްފި

25 ޖުލައި 2017

މި އަހަރުގެ މިނިވަން ދުވަހު ރައީސް އަބްދުﷲ ޔާމީން ދެއްވާ ތަގުރީރުގެ ވަގުތު ތިން ވަނަ ފަހަރަށް ބަދަލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރުގެ މިނިވަން ދުވަހު ރައީސް އަބްދުﷲ ޔާމީން ދެއްވާ ތަގުރީރުގެ ވަގުތު ތިން ވަނަ ފަހަރަށް ބަދަލުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނު ގައުމާ މުޚާތަބުކުރެއްވުން ދެން އޮންނާނީ މާދަމާ މެންދުރު ފަހު ދޭއް ޖަހާއިރު ކަމަށެވެ.

މިނިވަން ދުވަހުގެ ޚިިތާބު އިއްވަން އެންމެ ފުރަތަމަ ހަމަޖެއްސީ މާދަމާ (ޖުލައި 26) ގެ ހެނދުނު 10 ޖަހާއިރަށެވެ. އެކަމަކު ފަހުން އެ ވަގުތު ބަދަލުކޮށް ރައީސް އޮފީހުން އިއުލާންކުރި ގޮތުގައި ރައީސް ޔަމީންގެ ވާހަކަފުޅު އޮންނާނީ މިރޭ 12 ޖަހާ އިރު އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި އޮންނާނެ އެވެ. މި ބައްދަލުވުމަށް މި ފަހަރު ވެސް ގިނަ ބަޔަކަށް ދައުވަތު ވަނީ ދީފަ އެވެ.

މާދަމާ ފާހަގަކުރާ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މިއަދު ރާއްޖެ ވަޑައިގަންނަވާނެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ ނުވައެއް ޖަހާއިރު ގަލޮޅު ރަސްމީ ދަނޑުގަ އެވެ. ގައުމީ ކެޑޭޓް ކޯގެ ފަރާތުން މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ޕެރޭޑާއި ރޫޓް މާޗް ބުރާސްފަތި ދުވަހުގެ ހަވީރު މާލޭގައި އޮންނާނެ އެވެ.