ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފަށާފައިވާ ހަނގުރާމަ ހުއްޓުމާ ގުޅޭ ގޮތުން، އެއްވެސް ޝަރުތަކާ ނުލައި ރަޝިޔާއާ އެކުގައި މާދަމާ މަޝްވަރާތައް ފަށަން ތައްޔާރަށް އޮތް ކަމަށް ޔޫކްރޭނުން މިރޭ ބުނެފި އެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފަށާފައިވާ ހަނގުރާމަ ހުއްޓުމާ ގުޅޭ ގޮތުން، އެއްވެސް ޝަރުތަކާ ނުލައި ރަޝިޔާއާ އެކުގައި މާދަމާ މަޝްވަރާތައް ފަށަން ތައްޔާރަށް އޮތް ކަމަށް ޔޫކްރޭނުން މިރޭ ބުނެފި އެވެ.
ބެލަރޫސްގެ ރައީސް އެލެގްސެންޑްރާ ލުކަޝެންކޯއާ އެކުގައި މިރޭ ފޯނުން މަޝްވަރާ ކުރެއްވުމަށް ފަހު، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރަޝިޔާއާ އެކުގައި ވާހަކަތައް ފެށުމަށް، ޔޫކްރޭން ސަރުކާރުގެ ވަފްދެއް، މާދަމާ ޔޫކްރޭނާއި ބެލަރޫސް ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް ފޮނުވާނެ ކަމަށެވެ.
މި ބައްދަލުވުން އޮންނާނެ ކަމަށް ޔޫކްރޭނުން ބުނަނީ ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޕްރިޕްޔަޓް ކޯރު ކައިރީގެ ސަރަހައްދެއްގަ އެވެ. ނަމަވެސް ބައްދަލުވުން އޮންނާނީ މާދަމާގެ ކޮން ގަޑިއެއްގައި ކަމެއް، ޔޫކްރޭނުން ވެސް އަދި ރަޝިޔާ އާއި ބެލަރޫސް އިން ވެސް ނުބުނެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔޫކްރޭންގެ ވަފްދު އެ ސަރަހައްދަށް ގޮސް އެނބުރި އައުމާ ދެމެދު، ބެލަރޫސްގެ ސަރަހައްދުގައި ހުރި ހުރިހާ އަސްކަރީ ވައިގެ އުޅަނދުތައް ވައިގެ ބަނދަރުތަކަށް ތިރިކޮށްފައި ބެހެއްޓުމުގެ ޒިންމާ، ބެލަރޫސްގެ ރައީސް ވަނީ ނަންގަވައިފަ އެވެ. މީގެ ކުރިން ޔޫކްރޭނުން ބުނަމުން އައީ ބެލަރޫސް އަށް ގޮސް ރަޝިޔާއާ އެކުގައި މަޝްވަރާ ކުރަން ބޭނުންނުވާ ކަމަށެވެ.
ސަބަބެއް ކަމަށް ބުނެފައި ވަނީ، މަޝްވަރާ ކުރުމަށް ޔޫކްރޭނުން އާދޭސް ކޮށްކޮށް އޮއްވައި އެ ކަމަށް އިޖާބަ ދިނުމެއް ނެތި، ޔޫކްރޭނަށް ހަމަލާ ދިނުމަށް ބެލަރޫސްގެ ސަރަހައްދު ރަޝިޔާ ސިފައިންނަށް ދީފައިވާ ކަމަށެވެ. ޔޫކްރޭނުން މިދިޔަ ހަފުތާގައި ވެސް ބުނެފައިވަނީ، މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރުމަށް އެދި އެތައް ފަހަރަކު ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ދެންނެވުމުން ވެސް، އެކަމަށް އިޖާބަ ނުދެއްވި ކަމަށެވެ.
ޔޫކްރޭންގެ ރައީސް ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި މާދަމާ ދެ ގައުމުގެ ވަފްދުގެ މެދުގައި ކުރާ މަޝްވަރާތަކުން މާބޮޑު ނަތީޖާއެއް ހާސިލްކުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ. ނަމަވެސް ހަނގުރާމަ ހުއްޓުމުގެ ކިތަންމެ ހަނި ފުރުސަތެއް އޮތް ނަމަވެސް، އެ ފުރުސަތުގެ ބޭނުން ނުހިފިކަމަށް ބުނުމުގެ ފުރުސަތު ޔޫކްރޭންގެ ރައްޔިތުންނަށް ދޭން ބޭނުން ނުވާތީ، އެ މަޝްވަރާތަކުގައި ޔޫކްރޭން ބައިވެރިވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ޕުޓިންގެ ނިއުކްލިއާ ވާހަކަތައް ނޭޓޯއިން ކުށްވެރިކޮށްފި
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ޗައިނާގެ ދިފާއީ ވަޒީރު ރަޝިޔާ އާއި ބެލަރޫސް އަށް
އެފްރިކާގެ ރައީސް، ޕުޓިންއަށް: ހަނގުރާމަ ހުއްޓަލާ
ރަޝިޔާ ސިފައިން ބަޚްމުތު ހިފައިފި
އެފް-16 ދީފިއްޔާ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ