Roadha Mihaaru
ފުރަތަމަ ސްޕޭސް ޕްރޮގްރާމުގެ ޕާޓްނަރަކަށް އެޗްޑީސީ

ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމުގެ ޕާޓްނަރަކަށް އެޗްޑީސީ

28 ފެބުރުއަރީ 2022

ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމުގެ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމުގެ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފި އެވެ.

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އަދި އައިޖީއެސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ރިއްފަތު މުހައްމަދެވެ.

މި ޕްރޮޖެކްޓްގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ ހަމަޖެއްސުމުން އައިޖީއެސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ރާއްޖޭގައި ސްޕޭސް ކްރާފްޓް ތައްޔާރު ކުރުމާއި ޑިޒައިން ކުރުމާއި ސްޕޭސް ކްރާފްޓްތައް ލޯންޗު ކުރުމާއި އެކަމާ ގުޅޭ ސައެންޓިފިކް ދިރާސާތައް ކުރާ ގޮތަށް އޮތްއިރު އެ ޕްރޮގްރާމުގެ ބައިވެރިންނަށް މައުލޫމާތު ދޭނީ އެމެރިކާގެ ތަޖުރިބާކާރު މީހުންނެވެ.

ދިވެހިން ތަމްރީން ކުރުމަށް އައިޖީއެސް އާއި އިނގިރޭސި ވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އެ ފައުންޑޭޝަނުގެ ހިލޭ އެހީގެ ދަށުން ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ އެވެ.

މި ޕްރޮގްރާމުގެ ފެށުމުގެ މަގުސަދަކީ ކުރިމަގުގައި ސައެންސުގެ ދާއިރާ އިން ރާއްޖެ ކުރިއަރައި ދިވެހި އެސްޓްރޮނޮޓުން އުފެއްދުމެވެ.