ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް ހަވާލުކޮށްފި އެވެ.
01 މާޗް 2022
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް ހަވާލުކޮށްފި އެވެ.
އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ 165 ދުވަސް [ގާތްގަނޑަކަށް ފަސް މަސް ދުވަސް] ތެރޭގައި ޕްރީ ސްކޫލްގެ މަސައްކަތް ނިންމަން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މަސައްކަތް ހަވާލުކުރި އަގެއް ނޭނގެ އެވެ.
އެޗްޑީސީން މިދިޔަ މަހުގެ 11 ގައި ކުރި އިއުލާނުގައި ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ޕްރީ ސްކޫލް ޕްރޮޖެކްޓަށް 27 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.
މި ޕްރީސްކޫލް އަޅަނީ 22،019 އަކަފޫޓުގެ ބިމެއްގަ އެވެ.
We have signed a contract to build a pre-school in Hulhumale' Phase II, which will be completed in 165 days. pic.twitter.com/fg3wbmH8jJ
— SJ Construction (@sjgroup_mv) March 1, 2022
މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ ފުރަތަމަ ޕްރީ ސްކޫލު ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގަ އެވެ. އަމިއްލަ ފަރާތަކުން އިމާރާތްކުރި ޕްރީ ސްކޫލުގައި ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށުމާ އެކު ސަރުކާރުން މިހާރު ވެސް ވަނީ އެ ސަރަހައްދުގައި ދެ ސްކޫލެއް އަޅަން ބަޔަކާ ހަވާލުކޮށްފަ އެވެ. އެ ތަނުން އެއް ސްކޫލް މި އަހަރު ހުޅުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި
އާ މިސްކިތް ލަސްވަނީ ބެންޗު މާކްގެ މައްސަލަ ދިމާވުމުން
ދެވަނަ ފިޔަވަހީގައި ޕްރީސްކޫލެއް ހަދާނެ ބަޔަކު ހޯދަނީ
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ 2ގެ ބަންދު ސަރަހައްދަށް ނުވަންނަން އަންގައިފި
ހުޅުމާލޭގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
ހުޅުމާލެ 2 ގައި ފަޔަ ހައިޑްރެންޓް ސިސްޓަމް ބަހައްޓަނީ
އެސްޖޭގެ ބިމާ ގުޅޭ ސުވާލުތައް ހޫނުވެއްޖެ
ހިޔާގައި އިތުރު ލިފްޓް ހަރުކުރަން 278 މިލިއަން
ދެވަނަ ފިޔަވަހިން 8 ވަނަ ފަހަރަށް ބިން ވިއްކަނީ