ހުޅުމާލެ 2 އިން އެސްޖޭ ކުންފުންޏަށް 15 މިލިއަން ރުފިޔާ އަށް ބިމެއް ގަނެފި އެވެ.
ހުޅުމާލެ 2 އިން އެސްޖޭ ކުންފުންޏަށް 15 މިލިއަން ރުފިޔާ އަށް ބިމެއް ގަނެފި އެވެ.
ސިވިލް ކޯޓުން މިއަދު ވަނީ މިދިޔަ ޑިސެމްބަރު 1 ގައި އެ ކޯޓަށް ހުށަހެޅި އެ ބިމުގެ މުއާމަލާތާ ގުޅޭ މައްސަލަ ނިންމައިފަ އެވެ. ކޯޓުގެ ހުކުމްގައިވާ ގޮތުން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް ވިއްކީ 2،538 އަކަފޫޓްގެ ބިމެކެވެ. އެ ބިމަށް އެ ކުންފުނިން އެޗްޑީސީ އަށް ދެއްކީ 15 މިލިއަން ރުފިޔާ އެވެ.
އެ ބިމުގެ މިލްކުވެރި ފަރާތަކީ މިހާރު އެސްޖޭ ކުންފުނިކަން ކޯޓުން ވަނީ ކަނޑައަޅައި، މައްސަލަ ނިންމައިފަ އެވެ.
އެސްޖޭ ކުންފުންޏަށް އެހެން ބިމެއް ދިން މައްސަލާގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ސުވާލު ކޮށްފައިވެ އެވެ. އެ ބިން ދިން އަގު ހޯދަން މެންބަރުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ތަނުގެ އަގު ފަޒުލް އޭރު ވިދާޅުވެފައެއް ނުވެ އެވެ.
ފަޒުލް އޭރު ވިދާޅުވި ގޮތުގައި އެސްޖޭ މޯލްއާ ޖެހިގެން އޮންނަ އެ ބިން ހޯދަން އެ ކުންފުނިން އެޗްޑީސީ އަށް ޕްރޮޕޯސަލެއް ހުށަހެޅި އެވެ. އެ ޕްރޮޕޯސަލާ އެއްގޮތަށް އެ ބިން ދޭން އެޗްޑީސީން ނިންމީ އެވެ.
އެކަމަކު 15 މިލިއަނަށް އެސްޖޭއިން މި ގަތް ބިމަކީ ހުޅުމާލެ 2 ގެ ބިމެކެވެ. އެއީ ބިޑް އުސޫލުން ވިއްކި ބިންތަކުގެ ތެރެއިން ބިމެކެވެ.
ފަޒުލް ކޮމިޓީގައި ވިދާޅުވި ގޮތުގައި އެސްޖޭ މޯލްއާ ޖެހިގެން އޮތް ބިން އެ ކުންފުންނަށް ވިއްކާލާތީ، އެޗްޑީސީ އަށް އާމްދަނީ ހޯދެން އޮތް ބިމެއް ގެއްލޭނެ އެވެ. އެހެންވެ، އޭގެ ބަދަލުގައި އެޗްޑީސީ އަށް އާމްދަނީ ލިބޭނެ މަގެއް ހޯދައި، އެ ކަމަށް އެސްޖޭ އިން އިވެންސްޓް ކުރަން ޖެހޭ ގޮތަށް ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ރުއްގަނޑު ތެރޭގައި 20 މިލިއަން ރުފިޔާގެ ހަޓުތަކެއް އަޅަން އެސްޖޭއާ ހަވާލުކުރި ކަމަށާއި އެކަން އެ ކުންފުނިން ކޮށްފައި ވަނީ މޯލްއާ ޖެހިގެން އޮންނަ ބިން ވިއްކުމުގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ ސީއެސްއާރުގެ ދަށުން ކަމަށް ފަޒުލް ކުރިން ވިދާޅުވެފައިވެ އެވެ. އެ ސީއެސްއާރުގެ ސަބަބުން ބިމުގެ އަގަށް ގެނައި ބަދަލާއި ދިން ލުޔާ ގުޅޭ ގޮތުން ވެސް ފަޒުލް ވާހަކައެއް ނުދައްކަވަ އެވެ.
"އެ ތަނަށް ދައްކަން ޖެހޭ އަގު ދައްކާފައި އަޅުގަނޑުމެންނަށް އެ ކުންފުނިން އެބަޖެހޭ 20 މިލިއަން ރުފިޔާގެ ސީއެސްއާރުގެ ދަށުން އިންވެސްޓް ކޮށްދޭން، އެހެންވީމާ ދެކަމެއް މި އުޅެނީ،" ފަޒުލް ވިދާޅުވި އެވެ.
ހުޅުމާލޭ ބިންތަކެއް 878 މިލިއަނަށް ސަރުކާރުން ގަނެފި
ހުޅުމާލެއިން ބިން ވިއްކުން ހުއްޓުވުމުގެ އަމުރެއް ނުދިން
ރަޖިސްޓްރީއާ ހެދި ލޯނުތައް ޑިފޯލްޓްވެދާނެ: އެޗްޑީސީ
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ 2ގެ ބަންދު ސަރަހައްދަށް ނުވަންނަން އަންގައިފި
ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހުއްޓުވައިފި
ހުޅުމާލޭގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
ހުޅުމާލެ 2 ގައި ފަޔަ ހައިޑްރެންޓް ސިސްޓަމް ބަހައްޓަނީ
އެސްޖޭގެ ބިމާ ގުޅޭ ސުވާލުތައް ހޫނުވެއްޖެ
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި