އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި އޮތް މިފްކޯ މި މަހު ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފަށާނެ ކަމަށް ބުނެފި އެވެ.
02 މާޗް 2022
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި އޮތް މިފްކޯ މި މަހު ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފަށާނެ ކަމަށް ބުނެފި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "މިހާރު" އަށް ވިދާޅުވީ ޕަބްލިކް ކުންފުންޏެއްގެ ދަށުން މިފްކޯ ހިންގުމުގެ ސަބަބުން ކުންފުނީގެ ތަރައްގީއަށް ފައިނޭންސް ހޯދުމުގައި ދަތިވާ ކަމަށެވެ. އެހެންވެ، އެސްޓީއޯއިން ވަކިވެ، ކުރިއެކޭ އެއްގޮތަށް ވަކި ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި ހިންގަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި މިހާރު ކުރަމުން އަންނަނީ ދެ ކުންފުނި ވަކިކުރަން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތެވެ. މި މަސައްކަތްތައް މި މަސް ތެރޭ ނިންމައި ދެ ކުންފުނި ވަކި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް މި ކުންފުންޏަށް ވަރަށް ގިނަ ޑިވެލޮޕްމަންޓުތައް އަންނަމުން ދަނީ. ޕަބްލިކް ކުންފުންޏެއްގެ ދަށުން ހިންގަންޏާ އެކަންކަމަށް ދަތިވެ ފައިނޭންސް ހޯދަން ވެސް ދަތިތަކާ ދިމާވާނެ، އުއްމީދުކުރަނީ މި މަހު އެ މަސައްކަތްތައް ނިމި ވަކިވެވޭނެ ކަމަށް،" އިސްމާއިލް ވިދާޅުވި އެވެ.
މިފްކޯ އެންމެ ފުރަތަމަ އުފެއްދީ 1993 ވަނަ އަހަރު ވަކި ކުންފުންޏެއްގެ ގޮތުގަ އެވެ. ނަމަވެސް ދަރަނި ބޮޑުވުމުގެ ސަބަބުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ ދަށަށް އެ ކުންފުނި ބަދަލުކުރީ އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ޓޯކަން ނިޒާމެއް
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ދިގު ކިޔުއެއް
މާލެ ސަރަހައްދަށް މަސްދަޅު ބަހަން ފެށުން މާދަމާ މެންދުރު 2:30 ގައި
މާލޭގައި މަސްދަޅު ކޭސް ބަހާނީ މި މަހުގެ 20-28އަށް
މިފްކޯ އަނެއްކާވެސް ވަކި ކުންފުންޏަކަށް ހަދައިފި
އައިޓީއެފްސީގެ ބޮޑު އެހީއެއް އެސްޓީއޯ އާއި މިފްކޯ އަށް
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ ރެކެއް
އެފްއެންޑްބީ ޝޯ ސެންޓްރަލް ޕާކުގައި ފަށައިފި
އެސްޓީއޯ އަށް ފައިދާ ނުވީ މިފްކޯއާ ހެދި: އަމްރު
މިފްކޯ މިއަހަރު އަމިއްލަ ފައިމައްޗަށް ތެދުވާނެ: ރައީސް