މިފްކޯގެ ހުރިހާ އުފެއްދުންތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބޭ ގޮތަށް އެތަނުގައި ރެކެއް ބަހައްޓައިފި އެވެ.
16 ޖޫން 2022
މިފްކޯގެ ހުރިހާ އުފެއްދުންތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބޭ ގޮތަށް އެތަނުގައި ރެކެއް ބަހައްޓައިފި އެވެ.
މި ރެކު ހުޅުވުމަށް ބޭއްވި ހަފުލާގައި، އަލަށް މިފްކޯ އިން ލޯންޗުކުރި "ޑްރެއިންޑް ޓޫނާ ޗަންކްސް" މަސްދަޅު ވެސް އެސްޓީއޯގައި ވަނީ ވިއްކަން ފަށައިފަ އެވެ. އެ މަސްދަޅަކީ ތެޔޮ މަދު، ބަދިގޭގައި ބޭނުން ކޮށްލަން ފަސޭހަ އަދި ސިއްހަތަށް ފައިދާ ހުރި ޕްރޮޑަކްޓެކެވެ.
މިފްކޯ އިން އަލަށް ތައާރަފްކުރި "ޑްރެއިންޑް ޓޫނާ ޗަންކްސް" މަސްދަޅުތަކެއް އެސްޓީއޯގައި ވިއްކަން ބަހައްޓާފައި. ---ފޮޓޯ: ނިޝާން އަލީ | މިހާރު
"މިފްކޯގެ ރެކެއް ހުޅުވަން އެސްޓީއޯ މި ހިޔާރު ކުރީ، މިތަނަކީ ވަރަށް ގިނަ މީހުން ވިޔަފާރި ކުރަން އަންނަ ތަނަކަށް ވާތީ. އުއްމީދަކީ މި ރެކުގެ ސަބަބުން ވިޔަފާރި ކުރިއަރައި ދިއުން،" މިފްކޯ ސޭލްސް އަދި މާކެޓިންގެ ޖެނެރަލް މެނޭޖަރު އަހްމަދު ޒާމް ވިދާޅުވި އެވެ.
އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި އަށް ފަރާތަކުން މިހާރު ވެސް އެސްޓީއޯ އިން ޖާގަ ކުއްޔަށް ނަގައިގެން ވިޔަފާރިކުރެ އެވެ. ރެކެއް ކުއްޔަށް ނެގި ފުރަތަމަ ފަރާތަކީ މިފްކޯ އެވެ.
ބާކީ ހުރި ރެކުތައް ކުއްޔަށް ދޫކުރަން އިތުރު ވިޔަފާރިތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފްކޯގެ ސޭލްސް އަދި މާކެޓިންގެ ޖެނެރަލް މެނޭޖަރު އަހްމަދު ޒާމް އަދި ޕްރޮޑަކްޝަން ޑިޕާޓްމެންޓް މެނޭޖަރު ހުސައިން ޔޫސުފާއި އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝިފާނު މީޑިއާތަކާ ވާހަކަ ދައްކަވަނީ. ---ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑުމެން ވިޔަފާރިތަކަށް ޖާގަ ކުއްޔަށް ދޫކުރާ އެންމެ ބޮޑު ސަބަބަކީ، އެ އެއްޗެއްގެ އަސްލު އަގުގައި ވިއްކުން. ނޫންނަމަ ޖެހޭނީ އެ ވިޔާފާރިއަކުން ތަކެތި ގަނެ، އެއަށް ފައިދާއެއް ލައިގެން ވިއްކަން" ޝިފާން ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ޓޯކަން ނިޒާމެއް
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ދިގު ކިޔުއެއް
މާލެ ސަރަހައްދަށް މަސްދަޅު ބަހަން ފެށުން މާދަމާ މެންދުރު 2:30 ގައި
މާލޭގައި މަސްދަޅު ކޭސް ބަހާނީ މި މަހުގެ 20-28އަށް
މިފްކޯ އަނެއްކާވެސް ވަކި ކުންފުންޏަކަށް ހަދައިފި
އައިޓީއެފްސީގެ ބޮޑު އެހީއެއް އެސްޓީއޯ އާއި މިފްކޯ އަށް
އެފްއެންޑްބީ ޝޯ ސެންޓްރަލް ޕާކުގައި ފަށައިފި
އެސްޓީއޯ އަށް ފައިދާ ނުވީ މިފްކޯއާ ހެދި: އަމްރު
މިފްކޯ މި މަހު އެސްޓީއޯއާ ވަކިން ހިންގަން ފަށަނީ
މިފްކޯ މިއަހަރު އަމިއްލަ ފައިމައްޗަށް ތެދުވާނެ: ރައީސް