06 މާޗް 2022
ރަޝިޔާގެ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިން އެ ގައުމު ދިފާއުކުރުމަށްޓަކައި، އިތުރު ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެދިވަޑައިގެންފި އެވެ.
ރަޝިޔާގެ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިން އެ ގައުމު ދިފާއުކުރުމަށްޓަކައި، އިތުރު ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެދިވަޑައިގެންފި އެވެ.
ހުޅަނގުގެ ގައުމުތަކުގެ ކިބައިން ރައީސް ޒެލެންސްކީ މި ކަމަށް އެދިވަޑައިގަތީ، އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއެކު އިއްޔެ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގަ އެވެ. ރަޝިޔާ އަށް ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅައިދިނުމަށް ވެސް، ރައީސް ބައިޑެންގެ އަރިހުން ރައީސް ޒެލެންސްކީ އެދިވަޑައިގަތެވެ.
ރައީސް ޒެލެންސްކީ އިއްޔެ ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެކުގައި ވެސް، ވީޑިއޯ ކޯލެއްގެ ޒަރީއާއިން ބައްދަލުކުރައްވައި، ޔޫކްރޭންގެ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. މި މަޝްވަރާތަކުގައި ވެސް ރައީސް ޒެލެންސްކީ، އެ ގައުމަށް އިތުރު މާލީ އެހީ އާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަތެވެ.
ނޭތޯގެ ލަޝްކަރުގައި ހިމެނޭ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ޖަރުމަން ވިލާތުގައި އިއްޔެ ތަމްރީންތަކެއް ފުރިހަމަ ކުރަނީ. --އޭއެފްޕީ
ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް ޔޫކްރޭން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން 10 ބިލިއަން ޑޮލަރުގެ އެހީއެއް ޔޫކްރޭނަށް ދިނުމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވައުދުވެވަޑައިގަތެވެ. ނަމަވެސް، ޔޫކްރޭންގެ އެދުމާ އެއްގޮތަށް ރަޝިޔާގެ ތެޔޮ އެމެރިކާ އަށް އިމްޕޯޓްކުރުން ހުއްޓައިލުމަށް އެއްބަހެއް ނުވެ އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ފަތިހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އިން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން މިހާރު ވެސް ގެންދަނީ ހަތިޔާރާއި އުންޑަ އާއި ރޮކެޓާއި މިސައިލް ފަދަ އަސްކަރީ ސާމާނު ފޯރުކޮށްދެމުންނެވެ.
ޔޫކްރޭން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ޕޮލެންޑަށް އެތެރެވެފައިވާ ބަޔަކު ދެ ގައުމުގެ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ހުންނަ ފޭލިގެ އަވަށެއްގައި. --އޭއެފްޕީ
ޔޫކްރޭނު ދިފާއުކުރުމަށް، އެ ގައުމަށް 350 މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ހަދިޔާކުރުމަށް އެމެރިކާ ސަރުކާރުން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް މިހާ ބޮޑު އަސްކަރީ އެހީއެއް އެއް ގައުމަކަށް އެއްފަހަރާ ދޭ ފުރަތަމަ ފަހަރެވެ.
ރަޝިޔާގެ ސިފައިން ޔޫކްރޭނަށް ދޭ ހަމަލާތައް 11 ވަނަ ދުވަހަކަށް ދެމިގެން ދިޔަ އިރު، ޔޫކްރޭންގެ އާންމުންނަށް ލިބޭ ގެއްލުންތައް ވެސް ދަނީ ބޮޑުވަމުންނެވެ. ޔޫކްރޭންގެ އެކި ސަރަހައްދުތަކުން ގައުމު ދޫކޮށް ނުކުންނަން ބޭނުންވާ އެތައް ހާސް ބަޔަކު މިހާރު ވެސް ތިބީ، ގައުމުން ބޭރަށް ނުދެވި ތާށިވެފަ އެވެ.
އެމެރިކާ އިން ބުނި ގޮތުގައި ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން، 2.75 ބިލިއަން ޑޮލަރު ޖަމާކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި ފައިސާ ހޯދުމަށް އެމެރިކާ އިން މަސައްކަތް ކުރަނީ ޔޫރަޕާއި ނޭޓޯގެ ގައުމުތަކުންނެވެ.
ނޭޓޯއާ އިންޗިއަކަށް ވެސް ކައިރިނުވާތި: ބައިޑެން
"ނޭޓޯއާ ގުޅެން ކުރާ މަސައްކަތް ހުއްޓާލަން ތައްޔާރު"
އެމެރިކާއިން ޔޫކްރޭނަށް އިތުރު ހަތިޔާރު ދެނީ
އުދުހުން މަނާ ނުކުރަންޏާ އިތުރު ހަތިޔާރުދީ: ޒެލެންސްކީ
ޔޫކްރޭން އުދުހުން މަނާ ސަރަހައްދަކަށް ނުހެދީ ކީއްވެ؟
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ