ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމަ، ނިއުކްލިއާ ހަނގުރާމައަކަށް ބަދަލުވެދާނެކަމަށް ހުޅަނގުގެ ގައުމުތަކުން އިންޒާރު ދެމުން ދަނިކޮށް، ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ އަސްކަރީ ފަރިތަކުރުންތަކެއް އިއްޔެ ބާއްވައިފި އެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމަ، ނިއުކްލިއާ ހަނގުރާމައަކަށް ބަދަލުވެދާނެކަމަށް ހުޅަނގުގެ ގައުމުތަކުން އިންޒާރު ދެމުން ދަނިކޮށް، ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ އަސްކަރީ ފަރިތަކުރުންތަކެއް އިއްޔެ ބާއްވައިފި އެވެ.
ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިއްޔެ ބޭއްވި އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ދިޔައިރު، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިންނެވީ ކޮންޓްރޯލް ރޫމްގައި އެ މަންޒަތުތައް ބައްލަވާށެވެ. މި ތަމްރީންތަކުގައި ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގައި ހިމެނޭ އެއްގަމު ސިފައިންނާއި ވައިގެ ސިފައިންގެ އިތުރުން ކަނޑުގެ ސިފައިން ވެސް ބައިވެރިވި އެވެ.
Footage of the launch of the Yars intercontinental ballistic missile during the training of the Russian strategic deterrence forces pic.twitter.com/CQIQ7fEha0
— Sprinter Monitor (@SprinterMonitor) October 26, 2022
ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިއްޔެގެ ފަރިތަކުރުންތަކުގައި ބޭނުންކުރި ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލްތައް ވަރަށް ބަރާބަރަށް މަސައްކަތް ކުރި އެވެ. އެ ގައުމުގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވި ގޮތުގައި އިއްޔެގެ ފަރިތަކުރުންތައް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ ނިއުކްލިއާ ހަމަލާއަކުން ދިފާއުވުމަށްޓަކައި ފުރިހަމަ އަށް ތައްޔާރުވެ ތިބުމެވެ.
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ފަރިތަކުރުންތަކެއް މިބޭއްވީ، ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ އުދުވާނަކުން ދިފާއުވުމުގެ ގޮތުން، ރަޝިޔާގައި ހުރި ނަމަ ހުރި އަސްކަރީ ގާބިލުކަމެއް ތައްޔާރީ ހާލަތަށް ގެނައުމަށް، ރައީސް ޕުޓިން އެ ގައުމުގެ އަސްކަރިއްޔާ އަށް ގޮވާލައްވާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާ ލަޝްކަރު ވެސް ހިމެނެ އެވެ.
#Russia ??
— Nexx_ (@_Nex3_) October 26, 2022
Video showing the launch of the "Yars" Intercontinental missile during the current nuclear drills pic.twitter.com/u5wWlfHxiS
ނިއުކްލިއާ ލަޝްކަރުގައި ހިމެނޭ ކަނޑުގެ ސިފައިންގެ ސަބްމެރިންއެއްގެ ފަޅުވެރިންތަކެއް، ސިނޭވޭ މަރުކާގެ ބެލިސްޓިކް މިސައިލެއް ފޮނުވައިލުމަށް ތައްޔާރުވާ މަންޒަރުތަކެއް، ރަޝިޔާގެ ގައުމީ ޓީވީން އިއްޔެ ދެއްކި އެވެ. ސަބްމެރިންގެ ތަމްރީންތައް ބޭއްވީ ރަޝިޔާގެ އުތުރުން އާކްޓިކް ސަރަހައްދުގައި އޮންނަ ބެރެންޓްސް ކަނޑުގެ ތެރޭގަ އެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އިއްޔެގެ ފަރިތަކުރުންތަކުގައި އެއްގަމުން ފޮނުވައިލާ ޒާތުގެ "ޔާޒް" މަރުކާގެ ބެލެސްޓިކް މިސައިލްތަކެއް އަޖުމަ ބެލުމުގެ ގޮތުން ބޭނުންކުރީ، ރަޝިޔާ އާއި ފިންލޭންޑް ގުޅޭ ސަރަހައްދީ ރޮނގާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ، ޕެލެސްޓިކް ކިޔާ ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒުންނެވެ. އޭގެ އިތުރުން ރަޝިޔާގެ އެންމެ އިރުމަތީގައި އޮންނަ ކަމްޗަޓްކާ ޕެނިންސޫލާ އިން ވެސް މިސައިލްތަކެއް ފޮނުވައިލި އެވެ. އަދި ނިއުކްލިއާ ލަޝްކަރުގައި ހިމެނޭ ޓޫ-95 މަރުކާގެ ބޮންއަޅާ ބޯޓުން ވެސް، ކަނޑައެޅިފައިވާ ވަކި އަމާޒުފަތްގަނޑަކަށް ކްރޫޒް މިސައިލްތަކެއް ފޮނުވައިލި އެވެ.
އޮކްޓޫބަރ 20، 2022؛ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެ ގައުމުގެ އަސްކަރީ މަރުކަޒަކަށް ޒިޔާރަތް ކުރައްވައި ސިފައިންގެ ތައްޔާރީ ހާލަތު ހުރި މިންވަރު ވަޒަންކުރައްވަނީ. --އޭއެފްޕީ
ކްރެމްލިން އިން ބުނި ގޮތުގައި އިއްޔެ ބޭއްވި އަސްކަރީ ފަރިތަކުރުންތަކުގައި ބޭނުންކުރި ހުރިހާ މިސައިލެއް ވެސް އެއިން ކޮންމެ މިސައިލަކަށް ކަނޑައެޅި އަމާޒަށް އެއްވެސް މައްސަލައެއް ނުޖެހި ބަރާބަރަށް ވާސިލުވި އެވެ.
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް މި ބޭއްވީ، އަހަރަކު އެއްފަހަރު ނޭޓޯ އިން ބާއްވާ، ނިއުކްލިއާ ހަމަލާއަކުން ދިފާއުވުމުގެ ސިލްސިލާ ތަމްރީންތަކުގެ މިއަހަރުގެ ތަމްރީންތައް ހުޅަނގުއުތުރު ޔޫރަޕްގައި ފަށައިގެން ކުރިއަށް ދާ ދުވަސްވަރެއްގަ އެވެ. އެ ތަމްރީންތައް މި މަހުގެ 30ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
ނޭޓޯ އިން މިހާރު ފަށާފައިވާ ނިއުކްލިއާ ފަރިތަކުރުންތަކުގައި ގާތްގަނޑަކަށް 60 މަތިންދާބޯޓު ބައިވެރިވެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ދުރު ރާސްތާ ބޮން އަޅާ ބޯޓު، ބީ-52ގެ ބޯޓުތަކާއި ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ފައިޓަރު ބޯޓުތައް ހިމެނެ އެވެ. ނަމަވެސް މި ތަމްރީންތަކުގައި އެއްވެސް ބާވަތެއްގެ އަސްލު ބޮމެއް ބޭނުމެއް ނުކުރެ އެވެ.
ޕުޓިންގެ ނިއުކްލިއާ ވާހަކަތައް ނޭޓޯއިން ކުށްވެރިކޮށްފި
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބަހައްޓާނީ ނޭޓޯއާ ކައިރީ
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ހަނގުރާމަ އަށް ވަދެފިއްޔާ ވިދުވަރެއްހެން ރައްދެއް ދޭނަން: ޕުޓިން
ޔޫކްރޭންގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރާކަށް ނުޖެހޭ
ނޭޓޯއާ އިންޗިއަކަށް ވެސް ކައިރިނުވާތި: ބައިޑެން
"ނޭޓޯއާ ގުޅެން ކުރާ މަސައްކަތް ހުއްޓާލަން ތައްޔާރު"
އުދުހުން މަނާ ސަރަހައްދުން މުޅި ދުނިޔެއަށް ނުރައްކާވާނެ
އިތުރު އަސްކަރީ، މާލީ އެހީއަށް ޔޫކްރޭނުން އެދިއްޖެ