ޒިއުރިކް (މާޗް 8) - ރަޝިއާ އާއި ޔޫކްރޭންގައި ކުޅޭ ބިދޭސީ ކުޅުންތެރިންނަށް އެހެން ގައުމުތަކުގެ ކްލަބްތަކަށް ބަދަލުވުމުގެ ޓްރާންސްފާ ޕީރިއަޑެއް ފީފާ އިން ހުޅުވާލައިފި އެވެ.
ޒިއުރިކް (މާޗް 8) - ރަޝިއާ އާއި ޔޫކްރޭންގައި ކުޅޭ ބިދޭސީ ކުޅުންތެރިންނަށް އެހެން ގައުމުތަކުގެ ކްލަބްތަކަށް ބަދަލުވުމުގެ ޓްރާންސްފާ ޕީރިއަޑެއް ފީފާ އިން ހުޅުވާލައިފި އެވެ.
ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިން ސަލާމަތްވުމަށް، އެ ދެ ގައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިންނަށާއި ކޯޗުންގެ ކޮންޓްރެކްޓް ޖޫން 30 އާ ހަމައަށް ސަސްޕެންޑްވާނެ ކަމަށް ފީފާއިން ބުންޏެވެ. ރަޝިޔާ އާއި ޔުކްރޭންގައި ކުޅޭ ބިދޭސީ ކުޅުންތެރިން ފިޔަވައި އެހެން ބަޔަކަށް މި ފުރުސަތެއް ނެތެވެ.
ފީފާ އިން އިއްޔެ ބުނީ އެގޮތަށް ނިންމީ ކުޅުންތެރިން ދޫކުރުމުގައި ކްލަބްތަކުން އިއުތިރާޒު ކޮށްފާނެތީ ކަމަށެވެ. އެހެންވެ އެއްވެސް ޓްރާންސްފާ ފީއެއް ދެއްކުމެއް ނެތި ބިދޭސީ ކުޅުންތެރިންނަށް އެހެން ގައުމެއްގެ ކްލަބަކަށް ބަދަލު ވެވޭނެ ކަމަށް ފީފާ އިން ބުނެ އެވެ.
ފީފާ އިން އެގޮތަށް ނިންމުމުގެ ކުރިން ފުޓުބޯޅަ ކުޅުންތެރިންގެ އެސޯސިއޭޝަން، "ފިފް ޕްރޯ" އިން ވަނީ ރަޝިއާ އާއި ޔޫކްރޭންގައި ކުޅެމުންދާ ކުޅުންތެރިންނަށް ކްލަބް ބަދަލު ކުރުމުގެ އިހުތިޔާރު ދިނުމަށް ގޮވާލައިފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ރަޝިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރި ޕޮލެންޑުގެ އެފްއޭއިން ވެސް ވަނީ އެ ފުރުސަތު ދިނުމަށް ފީފާ އާއި ޔޫއެފާ އަށް ގޮވައިލައިފަ އެވެ.
ރަޝިއާގެ ޕްރިމިއާ ލީގުގައި 120 ވުރެ ގިނަ ބިދޭސީ ކުޅުންތެރިން ކުޅެ އެވެ. އެކަމަކު އެ ކްލަބުތައް ކުޅޭ އިންޓަނޭޝަނަލް މުބާރާތްތަކުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ފީފާ އިން ވަނީ ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕްގެ ކޮލިފައިންގެ ޕްލޭއޮފް އިން ވެސް ރަޝިއާ ސަސްޕެންޑް ކޮށްފަ އެވެ.
ރަޝިއާގެ ފުޓްބޯޅަ އަށް ކޯޓުން ވެސް ނާކާމިޔާބު
ޔޫއެފާއާ ދެކޮޅަށް ކޯޓުގައި ރަޝިއާއަށް ކާމިޔާބެއް ނުވި
ފީފާ އާއި ޔޫއެފާއާ ދެކޮޅަށް ރަޝިއާ ކޯޓަށް ހިނގައްޖެ
ވޯލްޑްކަޕްގައި އެމްބާޕޭ އާއި ހާލަންޑްގެ ކުރިމަތިލުން
އަންހެން ލީގުގެ ކޮންމެ ޓީމަކަށް 100،000ރ.
އެންމެން މުނިފޫހިފިލުވައިދިން ޖުހާ ގަތަރަށް
ފުޓްބޯޅަ ސްޓޭޑިއަމް ހަދަން ސައުދީ ފަންޑުން ލޯނު ދެނީ
މެލޭޝިއާއިން ފީފާ އަށް ހުށަހެޅީ ފޭކް ލިޔުން
ފީފާގެ ހުއްދަ ނެތި ގުދަންބަރި ހެދި މައްސަލަ ބަލަނީ
17،000 ޑޮލަރު ދައްކައި ނިއުގެ އަދަބު ފިލުވައިފި