Roadha Mihaaru
އެންމެ ގިނަ ބަޔަކު އަންނަން ބޭނުންވަނީ ރާއްޖެ: ދިރާސާ

އެންމެ ގިނަ ބަޔަކު އަންނަން ބޭނުންވަނީ ރާއްޖެ އަށް: ދިރާސާ

09 މާޗް 2022

ދުނިޔޭގައި އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަން އަންނަން ބޭނުންވަނީ ރާއްޖެ އަށް ކަން ބޭރުގެ ކުންފުންޏަކުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގައި އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަން އަންނަން ބޭނުންވަނީ ރާއްޖެ އަށް ކަން ބޭރުގެ ކުންފުންޏަކުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

"ބައުންސް" އިން ހެދި މި ދިރާސާއަކީ ގޫގަލްގެ ޑޭޓާ އަށް ބަލައި ހަދާފައިވާ ދިރާސާއެކެވެ. އެ ދިރާސާގައި ގޫގަލްގެ މިދިޔަ އަހަރުގެ 12 މަސް ދުވަހުގެ ޑޭޓާ ވަނީ އެނަލައިޒް ކޮށްފަ އެވެ.

އެ ދިރާސާ އިން ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު އެކި ގައުމުތަކުން 2.45 މިލިއަން މީހުން ވަނީ ރާއްޖޭގެ ހޮޓާތަކާއި ފްލައިޓްތަކާއި ޗުއްޓީތަކާ ގުޅޭގޮތުން މައުލޫމާތު ހޯދައިފަ އެވެ. ރާއްޖެ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހުންގެ ތެރޭގައި އެމެރިކާ އާއި ފްރާންސާއި ފިންލެންޑުން ހިމެނެ އެވެ.

އެ ލިސްޓުގެ އެއްވަނައިގައި ރާއްޖެ އޮތް އިރު ދެވަނައިގައި އިންޑިއާ، ތިންވަނައިގައި ސިންގަޕޫރު އަދި ހަތަރުވަނައިގަތި އޮތީ ކޮސްޓަރީކާ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އައީ 1.3 މިލިއަން ޓޫރިސްޓުންނެވެ. މީގެ ތެރޭގައި ގިނައީ އިންޑިއާގެ ޓޫރިސްޓުންނެވެ. މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ ގައުމުތަކުގައި ރާއްޖޭގެ މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ. އެއީ ރާއްޖެއަކީ ރަށްތައް ވަކިން އޮންނަ ގައުމަކަށް ވެފައި ރައްކާތެރި ގައުމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވޭތީ އެވެ. ބޭރު ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކޮށްފައިވަނީ ވެސް ރައްކާތެރި މަންޒިލެއްގެ ގޮތުގަ އެވެ.