Roadha Mihaaru
ހަލަބުގައި ތިބި މަދު ހަނގުރާމަވެރިން ނުކުތުމަށް އިންޒާރު ދީފި

ހަލަބުގައި ތިބި އެންމެ ފަހު ހަނގުރާމަވެރިން ނުކުތުމަށް އަންގައިފި

21 ޑިސެމްބަރ 2016

ދިމިޝްގު (ޑިސެމްބަރު 21) - ހަލަބު ސިޓީގެ އިރުމަތީގައި ތިބި ސަރުކާރާ ދެކޮޅު މަދު ހަނގުރާމަވެރިން ވެސް އެ ސިޓީ ދޫކޮށް ދިއުމަށް ސީރިއާ ސިފައިން އަންގައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ޑިސެމްބަރު 21) - ހަލަބު ސިޓީގެ އިރުމަތީގައި ތިބި ސަރުކާރާ ދެކޮޅު މަދު ހަނގުރާމަވެރިން ވެސް އެ ސިޓީ ދޫކޮށް ދިއުމަށް ސީރިއާ ސިފައިން އަންގައިފި އެވެ.

ސީރިއާ ސިފައިން އިއްޔެ ވަނީ ހަލަބުގައި ތިބި ސިފައިން ފޭބުމަށް، އަޑުގަދަކުރާ ބޭނުންކޮށްގެން އިންޒާރުދީފަ އެވެ. އަދި ވަރަށް އަވަހަށް އެ ސިޓީގައި އިދިކޮޅު ހަނގުރާމަވެރިން ތިބި ސަރަހައްދުތަކަށް ވަދެގަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު އިދިކޮޅު ހަނގުރާމަވެރިންގެ އޮފިޝަލަކު ބުނީ އެ މީހުންގެ އެންމެ ފަހު ގްރޫޕް ހަލަބު ދޫކޮށް ދާނީ އެ ސިޓީން ދާން ބޭނުންވާ އާއްމުންގެ އެންމެން ފޭބުމުން ކަމަށެވެ. ތުރުކީގައި ހުރި އިދިކޮޅު އޮފިޝަލް ބުނީ ހަލަބުން މިހާރު ނުކުމެފައި ވަނީ އާއްމުންގެ ތެރޭން އެ ސިޓީ ދޫކޮށްދާން ބޭނުންވާ މީހުންގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އެކަމަކު ހަލަބު ދޫކޮށްދާން ބޭނުންވަނީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ.

އިންޓަނޭޝަނަލް ރެޑް ކްރޮސްގެ އޮފިޝަލަކު ބުނީ ހަލަބުން ނުކުމެވޭނެ ވަގުތެއްގެ އިންތިޒާރުގައި އަދިވެސް ވަރަށް ގިނަ މީހުން އެބަތިބި ކަމަށެވެ. އަދި މިދިޔަ ހޯމަ ދުވަހު އެކަނިވެސް ހަލަބުން 15،000 މީހުން ނެރެފައިވާ ކަމަށް އޭނާ ބުންޏެވެ. ރެޑް ކްރޮސް އިން ލަފާކުރާ ގޮތުގައި މިހާތަނަށް ހަލަބުން ވަނީ 25،000 މީހުން ނެރެފަ އެވެ.

ހަލަބުން އާއްމުންނާއި ހަނގުރާމަވެރިން ނެރެމުންދާ އިރު ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ސީރިއާ، އީރާން، ރަޝިޔާ އަދި ތުރުކީން ދަނީ މަސައްކަތް ކުރަމުންނެވެ. ސީރިއާ އަށް ކަނޑައަޅާފައި ހުންނަ އދ.ގެ މަންދޫބު ސްޓަފަން ޑި މިސްތުރާ ވިދާޅުވީ ސީރިއާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާތައް ފެބްރުއަރީ މަހު ފެށޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.