Roadha Mihaaru
ސީރިއާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި

ހަލަބުގައިވާ ސީރިއާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި

16 ޖުލައި 2018

ދިމިޝްގު (ޖުލައި 16) - ހަލަބު ޕްރޮވިންސްގައިވާ ސީރިއާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން މިސައިލް ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ޖުލައި 16) - ހަލަބު ޕްރޮވިންސްގައިވާ ސީރިއާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން މިސައިލް ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ސީރިއަން ނިއުސް އެޖެންސީ (ސާނާ) އިން ބުނީ ޒަޔަނިސްޓް ދުޝްމަނުން އަނެއްކާވެސް ވަނީ އެ މީހުންގެ އުދުވާން ތަކުރާރުކޮށްފައި ކަމަށެވެ. ނިއުސް އެޖެންސީން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި އިމާރާތަށް ލިބުނު ގެއްލުން ފިޔަވައި އެހެން ގެއްލުމެއް ނުލިބޭ ކަމަށެވެ. ނަމަވެސް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ސީރިއާ ސަރުކާރަށް ވަފާތެރި ނުވަ ސިފައިން މަރުވެފައިވާ ކަމަށެވެ.

އޮބްޒަވޭޓަރީން ބުނީ އިޒްރޭލުން މިސައިލް ހަމަލާ ދިން އަސްކަރީ މަރުކަޒް ބޭނުން ކުރަނީ ސީރިއާގެ އެކުވެރި އީރާނުން ކަމަށެވެ. އިޒްރޭލުން މީގެ ކުރިން ވެސް ވަނީ ސީރިއާގައިވާ އީރާނުގެ ތަންތަނަށް މިސައިލް ހަމަލާދީފަ އެވެ.

އީރާނަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ގާތް އެކުވެރިއެކެވެ. އަދި އަސަދަށް އެއްބާރުލުން ދޭ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް އީރާނުން ތާއީދު ކުރެ އެވެ.