Roadha Mihaaru
ބުދަދުވަހު ޕީޓްގެ ސްޕޭސް އަށް ފުރަނީ

ބުދަދުވަހު ޕީޓްގެ ސްޕޭސް އަށް ފުރަނީ

16 މާޗް 2022

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެމޭޒަންގެ ވެރިޔާ ޖެފް ބޭޒޮސްގެ ސްޕޭސް ޓުއަރިޒަމްގެ ތިން ވަނަ ދަތުރު އަންނަ ހަފުތާގެ ބުދަދުވަހަށް ތަވާލުކޮށްފި އެވެ. އެ ދަތުރުގައި އެމެރިކާގެ މަޝްހޫރު ކޮމީޑިއަން ޕީޓް ޑޭވިޑްސަން ވެސް ބައިވެރިވާން ވަނީ ނިންމައިފަ އެވެ.

ޕީޓްއާ އެކު އެ ދަތުރުގައި އޭނާގެ އާ ލޯބިވެރިޔާ ކަމަށްވާ އެމެރިކާގެ ރިއަލިޓީ ދުނިޔޭގެ ރާނީ، ކިމް ކަޑޭޝިއަން ބައިވެރިވާނެ ކަމަށް ކުރިން އަޑު ފެތުރިފައި ވިޔަސް، އޭނާ ނުދާނެ ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ބޭޒޮސްގެ ރޮކެޓް ކޮމްޕެނީ، ބްލޫ އޮރިޖިންގެ އުޅަނދެއްގައި ޕީޓްއާ އެކު އިތުރު ފަސް މީހަކު ސްޕޭސް އަށް ދަތުރުކުރާނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރީވެރިންނާއި އެމެރިކާ ސަރުކާރުގެ ބައެއް އިސްވެރިން ވެސް ހިމެނެ އެވެ.

ބްލޫ އޮރިޖިން އިން ސްޕޭސް ޓޫރިޒަމްގެ ދަތުރުތައް ފެށީ މިދިޔަ އަހަރު އެވެ. ފުރަތަމަ ދަތުރުގައި ބޭޒޮސް ބައިވެރިވި އިރު، ދެ ވަނަ ދަތުރުގައި "ސްޓާ ޓްރެކް" ގައި އުޅުނު މަޝްހޫރު އެކްޓަރު ވިލިއަމް ޝެޓްނާ އާއި "ގުޑް މޯނިން އެމެރިކާ" ގެ ހޮސްޓް މައިކަލް ސްޓްރަހަން ވެސް ދިޔަ އެވެ.

ބޭޒޮސްގެ ބޭނުމަކީ ބްލޫ އޮރިޖިންއާ އެކު ސްޕޭސް ޓުއަރިޒަމް ތަފާތު ގޮތަކަށް ކުރުމެވެ. މިއީ ހަމައެކަނި މަހުޖަނުންނަށް އޮތް ފުރުސަތެކެވެ. ސަބަބަކީ މި ފްލައިޓުތަކުގެ އަގުތައް އެތައް މިލިއަން ޑޮލަރަށް އަރާތީ އެވެ.