Roadha Mihaaru
އެންމެ ބޮޑު މަތިންދާބޯޓް

ދުނިގޭގައި އޮތް އެންމެ ބޮޑު މަތިންދާބޯޓް

03 ޖޫން 2017

މިއީ ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު މަތިންދާބޯޓެވެ. އެއީ އެކަމަކު ފިޔަގަނޑުގެ ބޮޑު މިނަށް ބަލާނަ އެވެ. އެ އަށް އެރޭ ފަޅުވެރިންގެ ނިސްބަތަކުން ނޫނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މިއީ ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު މަތިންދާބޯޓެވެ. އެއީ އެކަމަކު ފިޔަގަނޑުގެ ބޮޑު މިނަށް ބަލާނަ އެވެ. އެ އަށް އެރޭ ފަޅުވެރިންގެ ނިސްބަތަކުން ނޫނެވެ.

މި ބޯޓަށް ކިޔަނީ "ސްޓްރެޓޮލޯންޗް އެއާކްރާފްޓް" އެވެ. އުފެއްދީ "ސްޓްރެޓޮލޯންޗް ސިސްޓަމް" އިންނެވެ. އެއީ ޕޯލް އެލަންގެ ކުންފުންޏެކެވެ. މައިކްރޮސޮފްޓް އުފެއްދުމަށްޓަކައި ބިލް ގޭޓްސް އާ އެކު އެންމެ ގާތުން ދެ ވަނަ މީހެއް ގޮތުގައި ވެސް ޕޯލް އެލަން ވަނީ މަސައްކަތްކުރައްވާފަ އެވެ.

ސްޓްރެޓޮލޯންޗް އެއާކްރާފްޓްގެ އަސާސީ ބޭނުމަކީ ދަތުރުވެރިން އުފުލުމެއް ނޫނެވެ. އެއީ ޖައްވަށް ރޮކެޓް އުދުއްސުމަށްޓަކައި، ވައިގެ ތެރޭގައި އުފުލި އޮންނަ ރޮކެޓް ލޯންޗްކުރާ ސްޓޭޝަނެކެވެ. ބޯޓުން ކުރާނެ ކަމަކީ ރޮކެޓް ގޮވައިގެން އުދުހި މައްޗަށް އެރުމެވެ. އެ އަށް ފަހު، ބިމުގައި ހުންނަ ކޮންޓްރޯލް ސެންޓަރުން ކުރާ އަމުރުތަކަށް ތަބާވެ، ރޮކެޓް އުދުހިގަންނަންދެން މަތިގައި އޮތުމެވެ.

ސްޓްރެޓޮލޯންޗް އެއާކްރާފްޓް: ރޮކެޓް ގޮވައިގެން އުދުހި ގޮސް ވައިގެ ތެރޭގައި

ސްޓްރެޓޮލޯންޗް އެއާކްރާފްޓް: ރޮކެޓް ގޮވައިގެން އުދުހި ގޮސް ވައިގެ ތެރޭގައި

ސްޓްރެޓޮލޯންޗް އެއާކްރާފްޓް ބޭނުންކޮށްގެން ރޮކެޓް އުދުއްސުމުގައި ހުރި ފައިދާ އަކީ ޚަރަދަ ކުޑަވުން ކަމަށް ބުނެވެ އެވެ. މި ބޯޓަކީ އެއްފަހަރާ ތިން ރޮކެޓް އުދުއްސާލުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. ބޯޓުގެ ހައިބަތު ބޮޑު ސައިޒަށް ވިސްނާލި ނަމަވެސް އެކަން ކަށަވަރުވެ އެވެ.

ބޮޓުގެ ދިގުމިނުގައި 72.5 މީޓަރު، އުސްމިނުގައި 15.5 މީޓަރު އަދި ފިޔަގަނޑު ދިގުމިނުގައި 117.3 މީޓަރު ހުރެވެ.

ޖައްވަށް ރޮކެޓް އުފުލުމަކީ ބޮޑު ވިޔަފާރި އެކެވެ. އިންވެސްޓަރުންގެ އަމާޒަކީ ޖައްވީ ޓޫރިޒަމް ފެށުމެެވެ. އެ ވިޔަފާރިން ފައިދާއެއް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ. އެހެން ނަމަވެސް އެކި މާނާގައި ޖައްވަށް ރޮކެޓް ގެންގޮސްދޭ ކުންފުނިތައް ދަނީ އިތުރުވަމުންނެވެ.

ސްޓްރެޓޮލޯންޗް ސިސްޓަމްސް އިން ބޯޓު އޮންނަ ގޮތް ދައްކާލި ނަމަވެސް، ބޯޓު ފުރިހަމަކޮށް އަމަލީ ދަތުރުތަކާ ހަމަ އަށް ދިއުމަށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށް ބުނެވެ އެވެ. ސްޓްރެޓޮލޯންޗް އެއާކްރާފްޓް ދައްކާލުމަށް ބާއްވާ ފުރަތަމަ ދަތުރުކުރެވޭނެ ކަމަށް ބެލެވެނީ 2019 ގައި ކަމަށް ބުނެވެ އެވެ.