19 މާޗް 2022
ސްޕެއިންގެ މަޝްހޫރު ބިއުޓީ ބްރޭންޑް، "ޒާރާ" ގެ ހޯލްސޭލް ޕްރޮމޯޝަނެއް ބިޔޯންޑް ޓްރޭންޑިން އިން ފަށައިފި އެވެ.
ސްޕެއިންގެ މަޝްހޫރު ބިއުޓީ ބްރޭންޑް، "ޒާރާ" ގެ ހޯލްސޭލް ޕްރޮމޯޝަނެއް ބިޔޯންޑް ޓްރޭންޑިން އިން ފަށައިފި އެވެ.
އެ ޕްރޮމޯޝަން ފަށާފައިވަނީ ޒާރާގެ އާ ޝިޕްމަންޓަކާއެކުގަ އެވެ. އާ ޝިޕްމަންޓާއެކު އެ ބްރޭންޑުގެ އަންހެނުންނަށް ހާއްސަ 15 ވައްތަރެއްގެ ސެންޓު ތައާރަފު ކޮށްފައިވާއިރު، ބޮޑީ ސްޕްރޭ އާއި ލޯޝަނާއި ޝަވާ ޖެލް ވެސް ވަނީ ތައާރަފު ކޮށްފަ އެވެ.
ބިޔޯންޑުގެ ހޯލްސޭލް ޕްރޮމޯޝަނުގެ ދަށުން އެ ފިހާރައިން ހޯލްސޭލްކޮށް ގަންނަ ކޮންމެ ޑަޒަނަކާއެކު ޓެސްޓާއެއް ހިލޭ ލިބޭނެ އެވެ.
ޒާރާ އަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އިތުރުން ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ބްރޭންޑެކެވެ. އެ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.
ޒާރާގެ އިތުރުން ބިޔޯންޑުން "އެލީޓް"ބްރެންޑުގެ ބޮޑި ސްޕްރޭ ވެސް ލިބެން ހުންނާނެ އެވެ. އެލީޓުގެ ކޮންމެ ޑަޒަނަކާ އެކުވެސް ޓެސްޓާ ހިލޭ ލިބޭނެ އެވެ.
ބިޔޯންޑަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސް އާއި ކާބޯތަކެތި އެތެރެކޮށް ހޯލްސޭލް ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން އެލީޓް އާއި ޒާރާގެ ކޮސްމެޓިކްސް ހޯލްސޭލްކޮށް ވިއްކި ނަމަވެސް ބިޔޯންޑުގެ ޝޯރޫމުން ރީޓެއިލްކޮށް ވެސް އެ ތަކެތި ލިބެން ހުންނާނެ އެވެ.
ބިޔޯންޑް ޓްރޭޑިން އިން ވިއްކާ ތަކެއްޗާއި އެ ތަކެތީގެ އަގު އެ ކުންފުނީގެ ވައިބާ ކޮމިއުނިޓީ https://buff.ly/316pPnT އިން ބަލައިލެވޭނެ އެވެ. އަދި 9444550/9444551 އަށް ގުޅައިގެން ނުވަަތަ ވައިބަ ކޮށްގެންވެސް އޯޑަރު ކުރެވޭނެ އެވެ. ހޯލްސޭލްކޮށް ނަގާ އޯޑަރުތައް މާލެ އާއި ހުޅުމާލެ އަދި ރަށު ބޯޓުތަކާއި ފެރީތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.
މީގެ އިތުރުން ޖަންބުމަގު ސެންޓްރަލް ކްލިނިކް ކައިރީ ހުންނަ ބިޔޯންޑުގެ ޝޯރޫމަށް ޒިޔާރަތް ކޮށްގެން ވެސް އެ ކުންފުނިން ވިއްކާ ތަކެތި ޓެސްޓު ކޮށްލެވޭނެ އެވެ.
ކޮސްމެޓިކް ބްރޭންޑު "ފްލޯމާ"ގެ ފިހާރައެއް ހުޅުވައިފި
އެމްއެޗްއޭއިން ވިޔަފާރިކުރުމުން 5 ޕަސެންޓް ޖީބަށްް
ޔޫރަޕްގެ "ސެނެބެއްލާ" ބޮޑީ މިސްޓް ރާއްޖެއަށް
ތައިލެންޑުގެ މަގުބޫލު ރޫމް ސްޕްރޭ ބިޔޯންޑުން ވިއްކަނީ
"މޮލިންޑޯ"ޕޭސްޓްރީ، ބިޔޯންޑް ޓްރޭޑިން އިން ރާއްޖެއަށް
ކުޑަކުދިންނަށް ހާއްސަ "ފަން ގޯ" ޖޫސް ދަ ބާސްކެޓުން
"ބަނީރާ" މަޖީދީ މަގަށް ބަދަލުކޮށްފި
ބީއެޗްއެމުން މިހާރު އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ
ކުކުޅު ފިހާރައިގެ އީ-ސްޓޯރު، އީ-ޝޮޕިން މޯލަކަށް
ގޯޕްރައިމް: ރީޓެއިލް/ހޯލްސޭލް ފިހާރަތައް އެއްތަނަކުން