Roadha Mihaaru
ތައިލެންޑުގެ މަގުބޫލު ރޫމް ސްޕްރޭ ބިޔޯންޑުން ވިއްކަނީ

ތައިލެންޑުގެ މަގުބޫލު ރޫމް ސްޕްރޭ ބިޔޯންޑުން ވިއްކަން ފަށައިފި

10 ޖެނުއަރީ 2022

ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ތައިލެންޑުގެ ކޮލިޓީ ރޫމް ސްޕްރޭ، ބިޔޯންޑް ޓްރޭޑިން އިން ވިއްކަން ފަށައިފި އެވެ.

ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ތައިލެންޑުގެ ކޮލިޓީ ރޫމް ސްޕްރޭ، ބިޔޯންޑް ޓްރޭޑިން އިން ވިއްކަން ފަށައިފި އެވެ.

އެ ކުންފުނިން ވަނީ ތައިލެންޑުގެ ދެ ބްރޭންޑެއް ބާޒާރަށް ނެރެފަ އެވެ. އެއީ "ހޯމްޑީ" އާއި "ތައިސިއާމް ސްޕާ" އެވެ. މި ދެ ބްރޭންޑަކީ ވެސް އެއާ ފްރެޝްނާ އިންޑަސްޓްރީގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ބްރޭންޑުތަކެކެވެ.

މި ރޫމް ސްޕްރޭތަކަކީ ގިނަ އިރު ގޭތެރެ އާއި ކޮޓަރީގައި މީރު ވަސް ހިފަހައްޓައިދޭ މާހައުލު ފްރެޝްކޮށްދޭ ސްޕްރޭ އެކެވެ. ބޮޔޯންޑުން މި ސްޕްރޭގެ 27 ބާވަތެއް މިހާރު ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ރާއްޖެ އަށް މުޅިން އަލަށް ތައާރަފު ކުރާ ހަ ބާވަތެއް ވެސް ހިމެނެ އެވެ. އެއީ "މެންގޯ" އާއި "ބަޓަފްލައި ޕީ" އާއި "ޗެރީ ބްލޮސަމް" އާއި "ބްލެކް ބެރީ" އާއި "ސޭންޑަލްވުޑް" އަދި "ފެޝަންފްރުޓް" އެވެ.

ބިޔޯންޑުން މި ރޫމް ސްޕްރޭ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ލިބެން ހުންނާނެ އެވެ. "ހޯމްޑިީ" ބްރޭންޑުގެ ރޫމް ސްޕްރޭގެ 85 އެމްއެލްގެ ފުޅި ރީޓެއިލްކޮށް 95ރ. އަށް ލިބެން ހުންނައިރު ހޯލްސޭލްކޮށް ޑަޒަނެއް 888ރ. އަށް ލިބޭނެ އެވެ. އަދި "ތައިސިއާމް ސްޕާ"ގެ 120 އެމްއެލްގެ ފުޅި ރީޓެއިލްކޮށް 135ރ. އަށް ލިބޭއިރު ހޯލްސޭލްކޮށް ޑަޒަނެއް 1380ރ. އަށް ލިބޭނެ އެވެ.

ތައިސިއާމް ސްޕާގެ ރޫމް ސްޕްރޭ: ދިވެހިންނަށް މުޅިން އާ ހަ ބާވަތެއް ވަނީ ތައާރަފު ކޮށްފައި-- ފޮޓޯ: ބިޔޯންޑް ޓްރޭޑިން

ތައިސިއާމް ސްޕާގެ ރޫމް ސްޕްރޭ: ދިވެހިންނަށް މުޅިން އާ ހަ ބާވަތެއް ވަނީ ތައާރަފު ކޮށްފައި-- ފޮޓޯ: ބިޔޯންޑް ޓްރޭޑިން

މި ބިޔޯންޑް އަކީ މި ދެ ބްރޭންޑުގެ ވެސް ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. އެ ކުންފުނިން މި ސްޕްރޭ ފުޅިތައް ވިއްކަނީ އަމިއްލަ ލޯގޯގެ އިތުރުން ހާއްސަ ބާކޯޑެއް ވެސް ބޭނުން ކޮށްގެންނެވެ. މީގެ ސަބަބުން ރީޓެއިލް ކުރާ ފަރާތްތަކަށް ލުއިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ސެންޓާއި ބޮޑީ ސްޕްރޭ އާއި ކާބޯތަކެތި ރާއްޖެ އަށް އެތެރެކުރަމުން އަންނަ ބިޔޯންޑުން ބޭނުން ވަނީ ކަސްޓަމަރުން ބޭނުންވާ އުފެއްދުންތަކާއި އާއްމުކޮށް ބާޒާރުން ލިބެން ނުހުންނަ އުފެއްދުންތައް ލިބޭ ގޮތް ހަދައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ވަނީ ދާދި ފަހުން ސްޕެއިންގެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ "އެލީޓް" އާއި "ޒާރާ"ގެ ކޮސްމެޓިކްސް ވެސް ވިއްކަން ފަށައިފަ އެވެ.

ބިޔޯންޑުން ލިބެން ހުންނަ އުފެއްދުންތަކާ ގުޅޭ މައުލޫމާތު އެ ކުންފުނީގެ ވައިބަ ކޮމިއުނިޓީ (https://buff.ly/316pPnT) އިން ލިބެން ހުންނައިރު 9444551 ނުވަތަ 9444550 އަށް ވައިބަ ކޮށްގެން އޯޑަރު ކުރެވޭނެ އެވެ. ހޯލްސޭލްކޮށް ނަގާ އޯޑަރުތައް މާލެ އާއި ހުޅުމާލެ އަދި ރަށު ބޯޓުތަކަށް އެ ކުންފުނިން ހިލޭ ޑެލިވަކޮށްދޭނެ އެވެ.

މީގެ އިތުރުން ޖަންބުމަގު ސެންޓްރަލް ކްލިނިކް ކައިރީގައި ހުންނަ ބިޔޯންޑުގެ ޝޯރޫމަށް ޒިޔާރަތް ކޮށްގެން ވެސް އެ ކުންފުނީގެ އުފެއްދުންތައް ބަލާލެވޭނެ އެވެ.