Roadha Mihaaru
ކުކުޅު ފިހާރައިގެ އީ-ސްޓޯރު، އީ-ޝޮޕިން މޯލަކަށް

ކުކުޅު ފިހާރައިގެ ހިދުމަތް ފުޅާކޮށް އީ-ސްޓޯރު، އީ-ޝޮޕިން މޯލަކަށް

09 ޖޫން 2020

ކުކުޅު ފިހާރަ އަށް އާއްމުންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑުވުމުގެ ސަބަބުން ހިދުމަތްތައް ފުޅާ ކުރުމަށް އެ ފިހާރައިގެ އީ-ސްޓޯރު، އީ-ޝޮޕިން މޯލަކަށް ބަދަލުކުރަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުކުޅު ފިހާރަ އަށް އާއްމުންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑުވުމުގެ ސަބަބުން ހިދުމަތްތައް ފުޅާ ކުރުމަށް އެ ފިހާރައިގެ އީ-ސްޓޯރު، އީ-ޝޮޕިން މޯލަކަށް ބަދަލުކުރަން ނިންމައިފި އެވެ.

މި އޮންލައިން ޝޮޕިން މޯލް ވެގެންދާނީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭ މޯލް އަށް ކަމަށް ކުކުޅު ފިހާރައިން ބުންޏެވެ. އެ ފިހާރައިގެ އޮފިޝަލަކު ބުނީ މޯލްގެ ހިދުމަތް ވެސް އީ-ސްޓޯރެކޭ އެއްގޮތަށް މުޅި ރާއްޖެ އަށް ލިބޭނެ ކަމަށެވެ.

އެ ފިހާރައިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އީ-ޝޮޕިން މޯލް ހުޅުވުމާ އެކު ރީތިވާ ސާމާނާއި ގޭތރެއަށް ބޭނުންވާ ސާމާނު ވެސް އަގުހެޔޮކޮށް ލިބޭނެ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުންޏެވެ. މިއީ ކަސްޓަމަރުންނަށް ގިނަ ތަކެތި އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ފިހާރައިން ގެނައި ބަދަލެކެވެ.

އީ-މޯލުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އާއްމުކޮށް އޮންލައިންކޮށް ވިޔަފާރި ކުރާ އުސޫލުން ބޭނުންވާ އައިޓަމެއް "ކާޓް"އަށް ލެވޭނެ އެވެ. ކާޓަށް ލާ އައިޓަމްތަކުގެ އަގު ފެންނަން ހުންނައިރު ކުރިއެކޭ އެއްގޮތަށް 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް އެ ފިހާރައިން ދޭނެ އެވެ.

ކުކުޅު ފިހާރައިން ވަނީ އެ ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކުން ވެސް ފަށައިފަ އެވެ. މި ހިދުމަތާއެކު އެ ފިހާރައިން ވަނީ ހާއްސަ އޮފާއެއް ވެސް ހޯލްސޭލް ކަސްޓަމަރުންނަށް ހުޅުވާލައިފަ އެވެ. އެގޮތުން، ހޯލްސޭލް ހިދުމަތް ހޯދާ ކޮންމެ 100 ވަނަ ކަސްޓަމަރެއްގެ ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން ވެސް ހޯލްސޭލަރުންނަށް 20-30 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް އެ ފިހާރައިން އަންނަނީ ދެމުންނެވެ.