20 މާޗް 2022
ޕްލޭނިން މިނިސްޓްރީން އެދުނު އިސްލާހުތަކާ އެކު މާލެ އާއި ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭން އެ މިނިސްޓްރީ އަށް މިދިޔަ ހަފުތާގައި ފޮނުވާފައިވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީން އެދުނު އިސްލާހުތަކާ އެކު މާލެ އާއި ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭން އެ މިނިސްޓްރީ އަށް މިދިޔަ ހަފުތާގައި ފޮނުވާފައިވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ، ޕްލޭނިން މިނިސްޓްރީން އެދުނު ހުރިހާ ކަމެއް ހިމަނައި ލޭންޑް ޔޫސް ޕްލޭން އަލުން ފޮނުވީ މިދިޔަ އަންގަރާ ދުވަހު ކަމަށެވެ. އޭނާ ވިދާޅުވީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލް ސޮއިކުރައްވައި ފޮނުއްވި އެ ލޭންޑް ޔޫސް ޕްލޭންގައި މިނިސްޓްރީން ގެންނަން ބުނި ބަދަލުތަކާއި އިތުރުކުރަން އެންގި ބައިތައް ވެސް ހިމަނާފައި ވާނެ ކަމަށެވެ.
ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭން އެންމެ ފުރަތަމަ މިނިސްޓްރީ އަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު 12 ގަ އެވެ. އެކަމަކު، އޭގައި ބައެއް މައުލޫމާތުތައް ފުރިހަމަނުވާ ކަމަށް ބުނެ، އެ ބައިތައް ހިމަނާ އަލުން ޕްލޭން ހުށަހަޅަން އެންގީ މިދިޔަ ޑިސެމްބަރު 28 ގަ އެވެ. އޭގެ ފަހުން ތިން މަސްވާން ގާތްވިއިރު ވެސް އެ ޕްލޭން ހުށަހަޅާފައިވާ ނުވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
- ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާ.
- ބިމުގައި ކުރާ އެކިއެކި ބޭނުމަށް ބިން ކަނޑައެޅިފައިވާ ސައިޒް ނުވަތަ ބޮޑުމިން އެނގޭނެ ތާވަލެއް.
- ރީޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ސަބަބުން މާލޭގެ ބައިބޯމިނަށް އަންނާނެ ބަދަލުތަކުގެ ތަފުސީލު.
- ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް ރަށެއްގައި ހުރި ގަސްގަހާގެހީގެ އަދަދު، އެ ހުރި ތަންތަން، ހިމާޔަތްކޮށްފައިވާ ތަންތަން، ހިއްކާފައި ސަރަހައްދު، ހިއްކެއް އޮތް ސަރަހައްދު، ހިއްކާ ސަރަހައްދު ބޭނުންކުރާނެ ގޮތް، ބިމުގެ އަގު އަދި ހިއްކާ ބިންތަކުގައި ރުއްގަސް ހުންނަން ޖެހޭ އަދަދު.
- ލޭންޑް ޔޫސް ޕްލޭންގެ ހުރިހާ ބައިތައް އެކުލެވިގެންވާ ގޮތަށް ތައްޔާރުކުރާ ޕްލޭނިން ރިޕޯޓް.
މާލެ އާއި ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މައްސަލަ ބޮޑުވެ، ސަރުކާރާއި ކައުންސިލާ ދެމެދު ބޮޑު ކޯޅުންގަނޑެއް ފެށުނީ ވިލިމާލެ ސިނާއީ ސަރަހައްދުން ބިންތަކެއް ކުއްޔަށް ދިނުމުގެ މަސައްކަތް ފެށުމުންނެވެ. އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި އެތަނުން ބިން ދެވޭނީ މިނިސްޓްރީ އަށް ލޭންޑް ޔޫސް ޕްލޭން ހުށަހަޅައި އެ ފާސްކޮށްގެން ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ވިލިމާލެ ސިނާއީ ސަރަހައްދަކީ މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލުމަށް ހަދާ "ތިލަމާލެ ބްރިޖު" ހެދުމަށް ވޯކްސައިޓެއްގެ ގޮތުގައި ބޭނުންކުރަން ނިންމައިފައިވާ ތަނެއް ކަމަށެވެ. އެކަމަކު ސިޓީ ކައުންސިލަށް އެގޮތަށް އެންގި ނަމަވެސް، މިނިސްޓްރީ އަށް ޖެއްސުންކުރުމުގެ ގޮތުން އެތަނުން ބިން ކުއްޔަށް ދޭން ނިންމީ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ތުހުމަތުތައް ސިޓީ ކައުންސިލުން ވަނީ ދޮގުކޮށްފަ އެވެ. ކައުންސިލުން ބުނީ ވިލިމާލޭގެ ސިނާއީ ސަރަހައްދަކީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާނެ ތަނެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އެންގި ކަމަށެވެ. އެ ސަރަހައްދުން ބައެއް ބޭނުންވާނެތޯ ޔަގީންކުރުމަށް މިނިސްޓްރީއާ އެކު ބައްދަލުވުމެއް ވެސް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި، އެ ސަރަހައްދުން އެ މަސައްކަތަށް ބިން ބޭނުން ނުވާ ކަމަށް ބުނި ކަމަށެވެ.
މާލެ ނައިސް ވިލިމާލެ/ހުޅުމާލެއިން ހިދުމަތް ފޯރުކޮށްދެނީ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިމޭނެ
މާލެތެރެއިން ކުނި ނެގުން ހަރުދަނާ ކުރަން އޮފީހެއް
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
މަގުތައް، ޕާކުތަކުގެ ކުނިނެގުމާ ކައުންސިލުން ހަވާލުވަނީ
ތިލަމާލެ ބްރިޖުގެ ޓެސްޓް ޕައިލް ފެނުން މައްޗަށް
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ