Roadha Mihaaru
ސޮނީ ހޯމްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

ބޮޑެތި ޑިސްކައުންޓްތަކާ އެކު ސޮނީ ހޯމްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

20 މާޗް 2022

ބޮޑެތި ޑިސްކައުންޓްތަކާ އެކު ސޮނީ ހޯމްގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޮޑެތި ޑިސްކައުންޓްތަކާ އެކު ސޮނީ ހޯމްގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

އަންނަ މެއި 15 އާ ހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ސޮނީ ހޯމް އިން ވިއްކާ ޕްރޮޑަކްޓުތަކުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

ސޮނީ ހޯމް އަކީ ގިނަ އަދަދެއްގެ ހޯމް އިމްޕްރޫވްމަންޓް ސޮލިއުޝަންތައް ލިބެން ހުންނަ ފިހާރައެކެވެ. އެއީ ކަސްޓަމަރުންނަށް ލިބޭ ފުރިހަމަ ޝޮޕިން އެކްސްޕީރިއަންސެކެވެ.

އެ ފިހާރައިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ބަދިގެއާއި ގޭތެރެއަށް ބޭނުންވާ ސާމަނާއި ދޮންނަން ބޭނުންވާ ސާމާނު ވެސް ލިބެން ހުންނާނެ އެވެ.

ސޮނީ ހޯމް އިން ލިބެން ހުންނަ ބްރޭންޑުތަކުގެ ތެރޭގައި "ޓެފަލް" އާއި "މޮލިނެކްސް" އާއި "ޖޯސެފް ޖޯސެފް" އާއި "ކޮރެލް" ފަދަ މަޝްހޫރު ބްރޭންޑުތައް ހިމެނެ އެވެ.

ރޯދަ މަހާ ދިމާކޮށް ސޮނީ ހޯމުން ފެށި މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ގަތުމުގެ ފުރުސަތު ފަހިކޮށްދޭން ފެށި ޕްރޮމޯޝަނެކެވެ.