Roadha Mihaaru

ސޮނީ ހާޑްވެއާގެ ސޭލް: އަގުތައް އެއް ރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގައި!

ސޮނީ ހާޑްވެއާ އިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ބާއްވާ ރޯދަ ބާޒާރާ ގުޅުވައިގެން ހުޅުމާލެ ސޮނީ ހާޑްވެއާ ފިހާރައިގައި ބޮޑު ސޭލެއް ފަށައިފި އެވެ.

ސޮނީ ހާޑްވެއާގެ ސޭލް: އަގުތައް 1-10ރ. އާ ދެމެދު
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

02 ފެބުރުއަރީ 2025

ސޮނީ ހާޑްވެއާ އިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ބާއްވާ ރޯދަ ބާޒާރާ ގުޅުވައިގެން ހުޅުމާލެ ސޮނީ ހާޑްވެއާ ފިހާރައިގައި ބޮޑު ސޭލެއް ފަށައިފި އެވެ.

އެ ސޭލް ގައި ސޮނީ ހާޑްވެއާ އިން ވިއްކާ ނަން މަޝްހޫރު ބްރޭންޑުތައް ކަމަށްވާ އޮސްރަމް، އޭބީބީ، ލެޑްވާންސް ފަދަ ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް 1ރ. އާއި 10ރ. އާ ދެމެދުގެ އަގުތަކުގައި ލިބޭނެ އެވެ. އެ ތަނުން ވިއްކާ އެހެނިހެން ގިނަ ޕްރޮޑަކްޓުތަކުން ވެސް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ އެވެ.

ހުޅުމާލެ 1 ގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރައިގައި ކުރިއަށް ގެންދާ އެ ސޭލްގެ އިތުރުން، އެ ހާޑްވެއާގެ ހުރިހާ ފިހާރަތަކެއްގައި "ރޯދަ ބާޒާރު" ޕްރޮމޯޝަން މިހާރު ވަނީ ފަށައިފަ އެވެ.

ސޮނީ ހާޑްވެއާގައި ކުރިއަށްދާ ސޭލްއާ ގުޅޭ ޕްރޮމޯޝަނަލް ވީޑިއޯއެއް.

އެ ޕްރޮމޯޝަނުގައި، އެ ތަނުން ވިއްކާ ގިނަ ޕްރޮޑަކްޓުތަކަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. ސޮނީ ހާޑްވެއާ އިން ލިބެން ހުންނަ މަގުބޫލު ބްރޭންޑްތަކުގެ ތެރޭގައި "އުޝާ" ބްރޭންޑުގެ ފަންކަލާއި "ކާޗާ" ކްލީނިނިން ސޮލިއުޝަންތަކާއި "އިންގްކޯ" އަދި "ބޮޝް" ޕަވާ ޓޫލްސް ހިމެނެއެވެ. އޭގެ އިތުރުން "ކެޕަރޮލް"ގެ ކުލަ އާއި ދަވާދު އަދި ކުލަލުމަށް ބޭނުންވާ ހުރިހާ ޕްރޮޑަކްޓެއް ވެސް ސޮނީން ލިބޭނެ އެވެ. ސޮނީ ހާޑްވެއާގައި ހޯމް އިޕްރޫވްމަންޓަށް ބޭނުންވާނެ އެކި ޕްރޮޑަކްޓުތައް ވެސް ހުރެ އެވެ.

"ރޯދަ ބާޒާރު" ޕްރޮމޯޝަން ސޮނީ ހާޑްވެއާގެ ހުރިހާ ފިހާރަތަކަކާއި "ސޮނީ ފިޝިން" ގައި އަންނަ މާޗު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. މާލޭގެ އިތުރުން ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓުގައި ވެސް ސޮނީ ހާޑްވެއާގެ ފިހާރަ ހުރެ އެވެ.

ހުޅުމާލެ 1 ގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރައިގައި މިހާރު ފަށާފައިވާ "ހުސްކޮށްލާ" ސޭލް ވެސް އަންނަ މާޗު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.