21 މާޗް 2022
ބްރެޒިލްގައި މެސެޖިން އެޕް، ޓެލެގްރާމް ބްލޮކްކުރަން އެ ގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ބްރެޒިލްގައި މެސެޖިން އެޕް، ޓެލެގްރާމް ބްލޮކްކުރަން އެ ގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
އެ ގައުމުގައި ޓެލެގްރާމް ބްލޮކްކުރުމަށް އެޕަލް އާއި ގޫގުލް އަދި އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުގެ އެހީ ހޯދަން ވެސް އެ އަމުރުގައިވެ އެވެ. ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ އެޕް ބްލޮކް ކުރަން އެ ފަރާތްތަކަށް އަމުރުކޮށްފައިވެ އެވެ. އަދި އެ ގައުމުގެ ޓެލެކޮމިއުނިކޭޝަން އެޖެންސީ އަށް އަމުރުކޮށްފައި ވަނީ ޓެލެގްރާމުން އަމުރުތަކަށް ތަބާވެ، ޖޫރިމަނާތައް ދައްކަންދެން އެ އެޕް އެ ގައުމުގައި މަނާކުރުމަށެވެ.
ބްރެޒިލްގައި ޓެލެގްރާމް ބްލޮކްކުރަން އަމުރުކުރީ، އެ އެޕް މެދުވެރިކޮށް ދޮގު މައުލޫމާތު ފެތުރުން ހުއްޓުވާފައި ނުވާތީ ކަމަށް ބުނެ އެވެ. އެ އެޕަކީ ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ އެމަނިކުފާނުގެ ކޮމިއުނިކޭޝަން ހަބެއްގެ ގޮތުގައި ބޭނުންކުރާ އެޕެވެ.
އެ އަމުރު އައީ ޓެލެގްރާމް ސަސްޕެންޑް ކުރާނެ ކަމަށް މި އަހަރު ކުރީކޮޅުގައި އެ ގައުމުގެ އިދާރާތަކުން އިންޒާރު ވެސް ދީފައި ވަނިކޮށެވެ. އެ އިންޒާރާ ގުޅިގެން ޓެލެގްރާމް އިން ވަނީ އެ އެޕުން ތިން ޗެނަލެއް ބޭރުކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާގައި ދިރިއުޅޭ ބްރެޒިލްގެ ބްލޮގާއަކާއި އަދި އެ ގައުމުގެ ރައީސްގެ މަޝްހޫރު ސަޕޯޓަރެއް ވެސް ހިމެނެ އެވެ.
އެ އަމުރާ ގުޅިގެން ބްރެޒިލްގެ ރައީސްގެ ޓީމުން ވަނީ އެއަށް ކޮމެންޓް ކުރަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ބްރެޒިލްގެ ރައީސް އާއި ސުޕްރީމް ކޯޓާ ދެމެދުގައި ވަނީ ބޮޑު ކޯޅުމެއް ފެށިފަ އެވެ. އެކަމެއް ފެށުނީ އެ ގައުމުގެ ފުލުހުންގެ މުހިންމު ލިޔެކުންތަކެއް ލީކުކޮށްލުމާއި ކޮވިޑް ވެކްސިނަކީ އެއިޑްސް ފަތުރާ އެއްޗެއް ކަމަށް ވިދާޅުވެ ކުރި ކޮމެންޓްތަކާ ގުޅިގެން ރައީސްއާ ދެކޮޅަށް މައްސަލައެއް ބަލަމުން ދާތީ އެވެ.
ޓެލެގްރާމް ޕްރިމިއަމް މި މަހު ފަހުކޮޅު ތައާރަފުކުރަނީ
ޗެނަލްތަކަށް ވަތް މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން
ކުށްތައް ހުއްޓުވަން ޓެލެގްރާމަށް އާ ފީޗާތަކެއް ގެންނަނީ
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި
ހަތަރު ގަޑިއިރުން ތުރެޑްސްއަށް ފަސް މިލިއަން މީހުން
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ
ދެން ފޯރި ހިފާނެ އެޕަކީ "ބީރިއަލް"
ޓިކްޓޮކްގެ ރެކޯޑް ޗާލީ އަށް ގެއްލިއްޖެ
ޓުވިޓާގައި ކުރު އާޓިކަލް ލިޔެވޭ ފީޗާއެއް