Roadha Mihaaru
ސޯނަމް ބަނޑުބޮޑުކަން، ލޯބި ފޮޓޯއަކުން ހާމަކޮށްފި

ސޯނަމް ބަނޑުބޮޑުކަން، ލޯބި ފޮޓޯއަކުން ހާމަކޮށްފި

21 މާޗް 2022

ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު، ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން މިއަދު އިއުލާންކޮށްފި އެވެ.

ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު، ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން މިއަދު އިއުލާންކޮށްފި އެވެ.

ސޯނަމް އާއި ވިޔަފާރިވެރިޔާ އަނަންދް އަހޫޖާ، 2018 ވަނަ އަހަރު ކުރި ކައިވެންޏަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން މިއަދު ހެނދުނު އިއުލާންކުރީ އިންސްޓަގްރާމްގައި ޕޯސްޓްކުރި ލޯބި ފޮޓޯއަކުންނެވެ. ފިރިމީހާއާ އެކު ސޯނަމް ނަގާފައިވާ ފޮޓޯގައި، އޭނާގެ "ބޭބީ ބަމްޕް" ވަރަށް ރީއްޗަށް ފެނެ އެވެ.

ފިރިމީހާގެ އުނގުގައި ސޯނަމް ބޯއަޅާލައިގެން އޮއްވައި ނަގާފައިވާ އެ ފޮޓޯ ހިއްސާކޮށް އޭގެ ކެޕްޝަނުގައި ދަރިފުޅަށް އޮތް ލޯބި ހާމަކޮށް ސޯނަމް ބުނީ ދަރިފުޅަށް މަރުހަބާ ކިޔަން ކެތްމަދުވެފައިވާ ކަމަށެވެ. އެކަމަކު ބަނޑަށް ކިތައް މަސް ކަމެއް އަދި ވިހާ އިރެއް ވެސް ނުބުނެ އެވެ.

މި ޕޯސްޓާ އެކު ބޮލީވުޑްގެ ތަރިންނާއި އޭނާގެ ސަޕޯޓަރުން ގެންދަނީ މަރުހަބާ ކިޔަމުންނެވެ.

ކައިވެންޏަށް ފަހު ލަންޑަނުގައި ފިރިމީހާއާ އެކު ސޯނަމް ދިރިއުޅެމުން އަންނަނީ ފިލްމީ މަސައްކަތްތަކާ ވެސް ދުރަށްޖެހިލުމަށް ފަހު އެވެ. ލަންޑަނުގައި އުޅުނަސް މައިންބަފައިންގެ ގާތަށް ދިއްލީ އާއި މުމްބާއީއަށް ވެސް ދޭތެރެއަކުން ދެ އެވެ.

ސޯނަމް އާއި އަނަންދު ކައިވެނިކުރީ 2018 ގެ މޭ މަހުގެ ތެރޭގައި ވަރަށް ޕަްރައިވެޓް ހަފްލާއެއްގަ އެވެ. އެ ކައިވެނީގައި ބައިވެރިވީ ގާތްއެކުވެރިންނާއި އާއިލާގެ މެމްބަރުން އެކަންޏެވެ.