ކައިވެނީގެ ކުރީކޮޅު ކުއްޖަކު ހޯދުމުގެ ބަދަލުގައި، ދެ ވަރަކަށް އަހަރު ފަހުން ކުއްޖަކު ހޯދަން ނިންމީ ދެމަފިރިން އެކުގައި ވަގުތު ހޭދަކުރަން ބޭނުންވާތީ ކަމަށް ސޯނަމް ކަޕޫރް އަހޫޖާ ބުނެފި އެވެ.
ކައިވެނީގެ ކުރީކޮޅު ކުއްޖަކު ހޯދުމުގެ ބަދަލުގައި، ދެ ވަރަކަށް އަހަރު ފަހުން ކުއްޖަކު ހޯދަން ނިންމީ ދެމަފިރިން އެކުގައި ވަގުތު ހޭދަކުރަން ބޭނުންވާތީ ކަމަށް ސޯނަމް ކަޕޫރް އަހޫޖާ ބުނެފި އެވެ.
މިދިޔަ މަހު ބަލިވެއިން ޚަބަރު ހިއްސާކުރި ސޯނަމް ބަނޑުބޮޑުވި ފަހުން ވޯގް އިންޑިއާ އަށް ދިން ފުރަތަމަ އިންޓަވިއުގައި ބުނީ މާބަނޑުވުމުގެ ސަބަބުން ވަރަށް އުނދަގޫތަކާ ވެސް ކުރިމަތިލާން ޖެހޭ ކަމަށެވެ. އެއީ އެއްވެސް މީހަކު މިކަމުގައި ހުރި އުނދަގޫތަކުގެ ވާހަކަ މީގެ ކުރިން ކިޔައިދީފައި ނުވާތީ ކަމަށެވެ.
ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ.
ސޯނަމް ބުނީ ކުއްޖަކު ހޯދަން އެ ދެމަފިރިން ނިންމީ ވަރަށް ބޮޑަށް ޕްލޭންކުރުމަށް ފަހުގައި ކަމަށެވެ. ކައިވެނީގެ ފުރަތަމަ ދެ އަހަރު ކުއްޖަކު ނުހޯދަން ކުރިން ވެސް ތިބީ ނިންމައިގެން ކަމަށް ބުންޏެވެ. އެއީ ކުއްޖަކު ލިބުމުން އެކަކު އަނެކަކަށް ދެވޭނެ ވަގުތު ކުޑަވެދާނެތީ ކަމަށެވެ. އަދި ކުއްޖަކު މި ހޯދަނީ އެންމެ ބޭނުންވި ވަގުތުގައި ކަމަށެވެ.
އެ ދެމަފިރިންގެ ކައިވެންޏަށް މި އަހަރު ހަތަރު އަހަރުވާނެ އެވެ. ކުއްޖަކު ހޯދަން މަސައްކަތް ކުރަނިކޮށް، އެ ނަސީބު ލިބުމަކީ ވަރަށް ބޮޑު ނިއުމަތެއް ކަމަށް ވެސް ސޯނަމް ބުންޏެވެ.
ސޯނަމް އާއި އަނަންދު އަހޫޖާ ކައިވެނިކުރީ މެއި 8، 2018 ގަ އެވެ. އަދި އޭގެ ފަހުން ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރަށް ގޮސްފައިވާ ސޯނަމް، ދިރިއުޅެމުން އައީ ވެސް ފިރިމީހާއާ އެކު ލަންޑަނުގަ އެވެ.
ސޯނަމް އިނީ ދެވަނަ ދަރިފުޅަށް ބަލިވެ
ޕަރީ އާއި ރާގަވްގެ ދަރިފުޅަށް ކިޔަނީ "ނީރް"
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ދަރިއެއް
ޕަރީ އާއި ރާގަވްއަށް ފިރިހެން ކުއްޖަކު ލިބިއްޖެ
ބާރުތީއަށް ދެވަނަ ކުއްޖަކު ލިބެނީ
އަރްބާޒްގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ
ކެޓްރީނާ ވިހަނީ އަންނަ މަހު: ރިޕޯޓް
ޕަރީ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި
ކެޓްރީނާ މާބަނޑު ކަމަށް އަޑު ފެތުރިއްޖެ
ސިޑް އާއި ކިއާރާއަށް އަންހެން ކުއްޖަކު ލިބިއްޖެ