Roadha Mihaaru
ލޮލަށް ނުފެންނަ ކުދިންނަށް ކިޔަވައިދޭން ޕްލެޓްފޯމެއް

ލޮލަށް ނުފެންނަ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ ޕްލެޓްފޯމެއް ލޯންޗުކޮށްފި

21 މާޗް 2022

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ "ސްކްރީން-ރީޑިން" ސޮފްޓްވެއާއެއް އެޑިއުކޭޝަން މިނިސްޓްރީން މިިއަދު ލޯންޗުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ "ސްކްރީން-ރީޑިން" ސޮފްޓްވެއާއެއް އެޑިއުކޭޝަން މިނިސްޓްރީން މިިއަދު ލޯންޗުކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި "ޝާމިލް އަޑު" ގެ ނަމުގައި ޖަވާބު ގުރޫޕުން ތައްޔާރުކުރި ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ޕްލެޓްފޯމްގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭނެ ގިނަ ޕްލެޓްފޯމްތަކަކަށް ސަޕޯޓުކުރާނެ ފަދަ ސޮފްޓްވެއާއެއް ފަރުމާކުރާށެވެ.

ދިވެހި ސްކްރީން ރީޑިން ސޮފްޓްވެއާ، ޝާމިލްއަޑު، އެންޑްރޮއިންޑް އަދި އައިއޯއެސްގައި ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ އެކި ކަންކަން ހާސިލްކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. ހާއްސަކޮށް ސްކޫލްތެރެއާ ސްކޫލުން ބޭރުގައި ހިންގާ ހަރަކާތްތަކުގައި ވެސް އެ ކުދިންގެ ބައިވެރިކުރެވޭ ވެއްޓެއް ގާއިމްކުރުމަށް ކުރާ މަސައްކަތް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ޝާމިލްއަޑު" ސޮފްޓްވެއާއަކީ އޮންލައިންކޮށް އެއްވެސް އިންޓަނެޓް ކަނެކްޝަނެއް ނެތި ބޭނުންކުރެވޭ ސޮފްޓްވެއާއެކެވެ. ކޮޕީ ޕޭސްޓުކޮށް ދިވެހި ލިޔުންތައް ކިޔުމަށް ވެސް އެ ސޮފްޓްވެއާ ބޭނުންކުރުމުގެ އިތުރުން އެންޑްރޮއިް ޕްލެޓްފޯމްގައި ޖޯކްބެކް ސާވިސްއާއެކު ސިސްޓަމް ޓީޓީއެސް ސާވިސްއެއްގެ ގޮތުގައި ވެސް އެ ޕްލެޓްފޯމް ބޭނުންކުރެވޭނެ އެވެ.