22 މާޗް 2022
ދެކުނު އޭޝިއާގެ ސްޕްރިންޓްގައި ރާއްޖޭގެ މަގާމު ދަމަހައްޓަން، އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދުގެ ޓްރޭނިންތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް، އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއީލް ބުނެފި އެވެ.
ދެކުނު އޭޝިއާގެ ސްޕްރިންޓްގައި ރާއްޖޭގެ މަގާމު ދަމަހައްޓަން، އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދުގެ ޓްރޭނިންތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް، އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއީލް ބުނެފި އެވެ.
އިންޑޯ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 60 މީޓަރުގައި މިދިޔަ ހޮނިހިރު ދުވަހު ވާދަކޮށް ރޭހުގެ އެންމެ ފުލަށް ސާއިދު ދިއުމުން ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު ބުނިގޮތުގައި، ސާއިދު ވާދަކުރި އިންޑޯ ޗެމްޕިއަންޝިޕުން އެނގިގެން ދިޔައީ ސްޕްރިންޓްގައި ދެކުނު އޭޝިއާގައި ވެސް މިހާރު ވާދަވެރިކަން ބޮޑުވެފައިވާ މިންވަރު ކަމަށެވެ.
ނަސީރު ފާހަގަކުރީ، އެ ރޭހުގައި ވާދަކުރި ބަންގްލަދޭޝްގެ ދުވުންތެރިޔާ އިމްރާނުއް ރަހްމާން ތިންވަނަ ހޯދައި އަނެއް ބުރަށް ދަތުރުކުރުމެވެ.
"ދެކުނު އޭޝިއާގެ ސްޕްރިންޓްގައި ރާއްޖެ އަށް މެޑަލް ހޯދޭނެ ފެންވަރުގެ ދުވުންތެރިޔަކަށް އަދިވެސް ހުރީ ސާއިދު. އަރަމުން އަންނަ ހުނަރުވެރި ޒުވާން ދުވުންތެރިން ނެތް ވާހަކައެއް ނޫން. އެކަމަކު މިވަގުތު އަދިވެސް އެ ފެންވަރުގައި ރާއްޖެއިން ހުރި ދުވުންތެރިޔަކީ ސާއިދު،" ނޭޕާލްގައި 1999 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި މެޑަލްއަކާ ވަރަށް ކައިރިއަށް ދިޔަ ކުރީގެ ދުވުންތެރިޔާ ބުންޏެވެ.
"މި ސަރަހައްދުގައި ވަރަށް ވާދަވެރިކަން ބޮޑު ވެއްޖެ. އިންޑިއާ އާއި ބަންގްލަދޭޝް އަދި ލަންކާގެ އެއްވަނަ ދުުންތެރިންނާއި އެތުލީޓުން ޓްރޭނިންތައް ކުރއަށް ގެންދަނީ ގައުމުން ބޭރުގައި. އިންޑިއާގެ އެންމެ މޮޅު އެތުލީޓުންގެ ޓްރޭނިންތައް ކުރިއަށް ގެންދަނީ އެމެރިކާގައި. ސްޕްރިންޓްގައި ރާއްޖޭގެ މަގާމު ދިފާއު ކުރަން ބޭނުމިއްޔާ ދިގު މުއްދަތުގެ ޓްރޭނިން ސާއިދު ވެސް ރާއްޖެއިން ބޭރަށް ދާންވީ."
ހުޅުމާލޭ ޓްރެކްގައި ނަސީރު ޓްރޭނިންތައް ކުރިއަށް ގެންދާއިރު އޭނާގެ ފިރިހެން ދަރިފުޅު ބަލަހައްޓައިގެން: ދިގު މުއްދަތުގެ ޓްރޭނިންތަކަށް ސާއިދު އަނެއްކާ ވެސް ރާއްޖެއިން ބޭރުގައި ވަގުތު ހޭދަ ކުރަން ޖެހޭ ކަމަށް ނަސީރު ބުނި
ކުރިން ޖަމައިކާގައި ސާއިދުގެ ވަނީ ދިގު މުއްދަތަކަށް ޓްރޭނިންތައް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ސަބަބުން އޭނާ އަށް ކުރި އެރުުން ލިބުނެވެ. އޮލިމްޕިކްސް ގޭމްސްގައި ޕްރިލިމިނަރި ބުރުން އެއްވަނަ ހޯދައި އޮލިމްޕިކްސްގެ މަރުހަލާއެއް ކާމިޔާބު ކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓްގެ ޝަރަފު ސާއިދު ހޯދި އެވެ. ރީޔޫނިއަންގައި 2015 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު އަދި 200 މީޓަރުން ރަން މެޑަލް އާއި ރިހި މެޑަލް ހޯދި އެވެ.
"ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ޓްރޭނިން ހަދައިގެން މީގެ ކުރިން ވެސް ސާއިދު އަށް ކާމިޔާބު ލިބުނީ. ސާއިދުގެ ޕޮޓެންޝަލް އެބަހުރި. ރިޓަޔާ ކުރާ އުމުރެއް ނޫން. ދެން ވެސް ރާއްޖޭގެ މަގާމު ދެމެހެއްޓެނީ ސާއިދު އަށް. ކޮންމެ ފަހަރަކު ބޮޓްސްވާނާ އަށް ނޫނީ ޖަމައިކާގެ ޓްރޭނިން ފުރުސަތު ނުހޯދިދާނެ. އެކަމަކު އެހެން ގައުމެއްގައި ވެސް ފެސިލިޓީސްތައް ހުރި ގައުމެއްގައި ބޭސް ވެގެން ހުރެ ޓްރޭނިން ކުރިއަށް ގެންދަންވީ."
ނަސީރު ބުނީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ދުވުންތެރިންގެ ތަމްރީންތައް އެމެރިކާގައި ކުރިއަށް ދާއިރު ރާއްޖެއިން ވެސް އެ ލެވަލްގައި ވިސްނަން ޖެހޭ ކަމަށެވެ.
"ރާއްޖޭގައި މާބޮޑު ވަސީލަތްތަކެއް ނެތް. އެކަމަކު ރާއްޖެ އަށް ވުރެ ރަނގަޅު ވަސީލަތްތައް ހުރި އިންޑިއާ، ލާންކާ ވެސް އެ ގައުމުތަކުގެ އެންމެ މޮޅު އެތުލީޓުން ތަމްރީންތައް އެމެރިކާގައި ކުރިއަށް ދަނީ. އެހެންވީމާ ރާއްޖޭގެ އެންމެ މޮޅު އެތުލީޓަށް ވެސް އޮންނާނީ އެގޮތް،" ނަސީރު ބުންޏެވެ.
"ސަރަހައްދީ ލެވަލްގައި ވާދަކުރަން ޖެހޭ ގައުމުތަކުގެ އެތުލީޓުން މަސައްކަތްކުރާ ގޮތް ބަލަންޖެހޭ. އެގޮތަށް ރާއްޖެ ވެސް ދާންވީ. އެތުލެޓިކްސް އެކަންޏެއް ނޫން އެހެން ކުޅިވަރުތަކުގައި ވެސް ކާމިޔާބު ހޯދަންޏާ މަސައްކަތް ކުރަން ޖެހޭނީ މިގޮތަށް."
އެސްއޭ ގޭމްސްގެ ދެ ރަން މެޑަލިސްޓުން ގައުމީ މުބާރާތަށް
ނަސީރަށް ބްރިޓިޝްގެ އެންމެ ކާމިޔާބު ކޯޗުގެ ސެޝަންތަކެއް
ސްކޮޓިޝްގެ ކޯޗިން ޕްރޮގްރާމްގެ ފުރުސަތެއް ނަސީރަށް
ސްޕޯޓްސް ސައިންޓިސްޓެއްގެ ވާހަކަ ދިވެހިންނަށް ފިލާވަޅެއް
ގައުމީ މުބާރާތުގެ އެއްވަނަ ސާއިދާއި އައިނީ އަށް
ނަސީރު އެކަޑަމީގެ ދުވުންތެރިން ލަންކާގައި ކޭމްޕްކޮށްފި
އިންޑިއާގެ ފަހު މުބާރާތުން ވެސް ސާއިދު މެޑަލް ހޯދައިފި
ގްރޯންޕްރީ 3 ގައި ސާއިދާއި ޒިވާ މެޑަލް ހޯދައިފި
ފަޒީލް އާއި ރިއްފަތު ވެސް އިންޑިއަން ގްރޯން ޕްރީގައި
ގްރޯން ޕްރީ 2 ގައި ސާއިދަށް ރިއްސަކާއި ލޯ މެޑައްޔެއް