ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރެއްވިތާ އެއް މަސް ފުރެން ދާއިރު، ޔޫކްރޭން ސިފައިންގެ މައްޗަށް ކުރި ހޯދުމުގައި ރަޝިޔާ ސިފައިންނަށް މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ. ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރެއްވިތާ އެއް މަސް ފުރެން ދާއިރު، ޔޫކްރޭން ސިފައިންގެ މައްޗަށް ކުރި ހޯދުމުގައި ރަޝިޔާ ސިފައިންނަށް މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ. ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު އެވެ.
ހަނގުރާމަ ފެށުމުގެ ކުރިން، ރަޝިޔާ ސިފައިން އެއްގަމު މަގުން ޔޫކްރޭނަށް އަރައިގަތުމަށް ތިން ދިމާލެއް ތައްޔާރުކުރި އެވެ. އެއީ 2014 ވަނަ އަހަރު ރަޝިޔާ އިން ހިފާފައިވާ ކްރައިމިއާ ސަރަހައްދާއި، ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ އާއި ޔޫކްރޭންގެ ހުޅަނގު އުތުރުގައި އޮންނަ ބެލަރޫސް އެވެ.
?? Two birds ➡️ defense aid from the ?? ➡️ 180 tons of ammunition for @ArmedForcesUkr! In total, we received 17 birds weighing almost 1,500 tons! Our friends are not sleeping! ????? @SecDef @StateDept @DeptofDefense pic.twitter.com/y7chf7vhw4
— Oleksii Reznikov (@oleksiireznikov) February 13, 2022
ހަނގުރާމަ ފެށީ ވައިގެ މަގުންނާއި ކަނޑުމަގުން ދިން މިސައިލް ހަމަލާތަކުންނާއި އެއްގަމު މަގުން ދިން ބޮޑުބަޑީގެ ހަމަލާތަކުންނެވެ. އެ ހަމަލާތަކާ އެކު، ރަޝިޔާގެ އެއްގަމު ލަޝްކަރުގެ ސިފައިން ތިން ދިމާލަކުން ޔޫކްރޭންގެ ތެރެއަށް ވަންނަން ފެށި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގެ އެތެރެއަށް ވަންނަމުން ދިޔަ ވަރަކަށް، ޔޫކްރޭންގެ ދިފާއީ ރައްދު ހަމަލާތަކާ ކުރިމަތިލާން ޖެހުނެވެ. ހަނގުރާމަ ފެށުނީއްސުރެ، ރަޝިޔާ ސިފައިންގެ މައިގަނޑު އަމާޒަކީ ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމެވެ. އެ ސަހަރު ހިފުމުގެ ޒިންމާއާ ހަވާލުވި ރަޝިޔާގެ މައި ލަޝްކަރު ޔޫކްރޭނަށް އެރީ ބެލާރޫސްގެ ތެރެއިންނެވެ.
ރަޝިޔާގެ އެއްގަމު ސިފައިންގެ ލަޝްކަރަށް ހުރަސްއެޅުމުގެ ގޮތުން ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ މައި މަގެއްގައި ދަގަނޑު ހުރަސްތައް ބަހައްޓާފައި. --އޭއެފްޕީ
ނަމަވެސް، އެ ލަޝްކަރަށް ވެސް ކައިރި ވެވުނީ ކިޔޭވްއާ ވަކި ހިސާބަކަށެވެ. އޭގެ ފަހުން ދެ ހަފުތާ ވެގެން ދިޔައިރު ވެސް، ކިޔޭވްގެ އެތެރެއަށް ވަނުމުގައި، ރަޝިޔާގެ ލަޝްކަރަށް ކާމިޔާބެއް ނުލިބެ އެވެ. އޭގެ ބަދަލުގައި ރަޝިޔާ ސިފައިންނަށް ކުރިމަތިވަމުން ދަނީ ގެއްލުންތަކެވެ. މަރުވި ސިފައިންގެ އަދަދު ހާހުން ގުނެމުން ދާއިރު، އަސްކަރީ ވަސީލަތްތަކަށް ލިބުނު ގެއްލުމުގެ އަދަދެއް ނޭނގެ އެވެ.
އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ބާރު ގަދަ އެއް ގައުމު، ރަޝިޔާއާ އަޅައިބަލާއިރު ބާރު ދެރަ ގައުމަކާ ޖެހި، ދުނިޔޭގެ ކުރިމަތީގައި ލަދުގަންނަ ހިސާބަށް ކަންތައް ދިއުމުގެ ސިއްރަކީ ކޮބައިތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އެއީ ހަމަ ރަޝިޔާގެ ފެންވަރުތޯ ވެސް ސުވާލު އުފައްދަ އެވެ.
Weapons for @ArmedForcesUkr from our close ?? friends ✅ We received military aid in the form of rifles,machine guns with optical sights,night vision&surveillance devices&military equipment.Thank you for this important & timely decision! @AnitaAnandMP special thank to You ????? pic.twitter.com/JgaK4iPqId
— Oleksii Reznikov (@oleksiireznikov) February 19, 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ޔޫކްރޭނުން އެންމެ ފުރަތަމަ ވެސް އެދުނީ އެމެރިކާ އާއި ނޭޓޯގެ މަދަދަށެވެ. ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި، އެމެރިކާ އާއި ނޭޓޯގެ އިތުރުން ވިލާތުގެ އިއްތިހާދުގައި ޔޫކްރޭނުން ސަލާންޖަހައި އާދޭސް ކުރަމުން އަންނަތާ މަސްދުވަސް ވަނީ އެވެ.
ނަމަވެސް އެމެރިކާ އާއި ނޭޓޯ އަދި ވިލާތުގެ އިއްތިހާދުން ބުނަމުން އަންނަނީ، ރަޝިޔާއާ އެކުގައި ސީދާ ކުރިމަތިލުމަކަށް ދާން ބޭނުންނުވާ ކަމަށެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި ގޮތުގައި ޔޫކްރޭންގައި އުދުހުން މަނާ ސަރަހައްދެއް ކަނޑައަޅައިގެން، ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާ ކުރިމަތިލާން އެމެރިކާ އާއި ނޭޓޯގެ ބޯޓުތައް ފޮނުވުމަކީ، ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމަ ފެށުމެވެ.
???? Briefing by Russian Defence Ministry ➡️ https://t.co/qzqz4soCyb pic.twitter.com/20TnLiWTEI
— Минобороны России (@mod_russia) March 22, 2022
ތިން ވަނަ ބޮޑު ހަނގުރާމައަކަށް ދޮރު ހުޅުވުމުގެ ބަދަލުގައި އެމެރިކާ އާއި ނޭޓޯގެ ގައުމުތައް ބޭނުންވަނީ އަސްކަރީ މަދަދު ފޯރުވައިގެން ޔޫކްރޭންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރާށެވެ. ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމާއެކު، އެމެރިކާ އާއި ނޭޓޯ އަދި ވިލާތުގެ ގައުމުތަކުން ވަނީ އެ މަސައްކަތް ފަށައި، ގިނަ އަދަދެއްގެ އަސްކަރީ ހަތިޔާރު ޔޫކްރޭނަށް ފޮނުވައިފަ އެވެ.
ކިޔޭވްގެ ތެރެއަށް ވަނުމަށް ރަޝިޔާ ސިފައިން ކުރަމުންދާ މަސައްކަތަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ، ރަޝިޔާގެ އެއްގަމު ސިފައިންގެ އުޅަނދުތަކާ ދެކޮޅަށް ޔޫކްރޭން ސިފައިން ބޭނުންކުރާ، ކޮނޑުމަތިން ފޮނުވައިލާ ޒާތުގެ ރޮކެޓްތަކާއި މިސައިލްތަކެވެ. އޭގެ އިތުރުން ޑްރޯން ބޭނުންކޮށްގެން ރަޝިޔާގެ ޓޭންކުތަކަށް ދެމުންދާ ހަމަލާތަކާއި، ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާ ދެކޮޅަށް ޔޫކްރޭނުން ބޭނުންކުރާ މިސައިލުން ދިފާއުވާ ނިޒާމުތަކެވެ.
ރަޝިޔާ ސިފައިންގެ ހަމަލާއެއްގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ އިމާރާތެއްގައި ރޯވެ އަނދަނީ. --އޭއެފްޕީ
މި ހުރިހާ ތަކެއްޗަކީ ވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދެމުންދާ ސާމާނެވެ. ހަނގުރާމަ ކުރަނީ ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދުގަ އެވެ. ނަމަވެސް މިހާރު ބޭނުންކުރަމުން ދަނީ ރަޝިޔާގެ އަސްކަރީ ހަތިޔާރުތަކާއި ހުޅަނގުގެ އަސްކަރީ ހަތިޔާރުތަކެވެ.
އެހެންކަމުން ހަގީގަތުގައި މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައަކީ، ރަޝިޔާ އާއި ހުޅަނގުގެ ކުރިމަތިލުމަކަށް މިވަނީ ބަދަލުވެފަ އެވެ. ޔޫކްރޭން ސިފައިން މިހާރު ބޭނުންކުރާ ޑްރޯން މަތިންދާބޯޓުތަކުގެ ތެރޭގައި، ތުރުކީ ވިލާތުގައި އެންމެ ފަހުން އުފައްދާފައިވާ ބައިރަކްޓާރް މަރުކާގެ ޑްރޯންތައް ހިމެނެ އެވެ.
އޭގެ އިތުރުން، ކޮނޑުމަތީގައި ބާއްވައިގެން ވެސް ފޮނުވައިލެވޭ ގޮތަށް، އެމެރިކާގައި އުފައްދާފައިވާ ސްޓިންގާ މިސައިލް ނިޒާމުތަކާއި އެމެރިކާގައި އުފައްދާފައިވާ ޕެޓްރިއޮޓް މިސައިލް ނިޒާމުތައް ހިމެނެ އެވެ. އަދި ރަޝިޔާގައި އުފައްދާފައިވާ އެސް-300 މަރުކާގެ، މިސައިލުން ދިފާއުވާ ނިޒާމުވެސް ހިމެނެ އެވެ.
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ
އަޑަށްވުރެ ބާރު މިސައިލެއް އެމެރިކާ އަޖުމަބަލައިފި
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން