ސެން ކްލާރާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 7) - ކޮޕަ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ޗިލީގެ މައްޗަށް 2-1 އިން ކުރިހޯދައި އާޖެންޓީނާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
07 ޖޫން 2016
ސެން ކްލާރާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 7) - ކޮޕަ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ޗިލީގެ މައްޗަށް 2-1 އިން ކުރިހޯދައި އާޖެންޓީނާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މިދިޔަ އަހަރު ޗިލީ މި މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ބަލިކުރުމަށް ފަހު އެވެ.
ރާއްޖެ ގަޑިން މިއަދު ހެނދުނު 6 ޖެހިއިރު ކުޅުނު މި މެޗުގައި އަނިޔާގެ ސަބަބުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ނުކުޅެ އެވެ. މެސީ އަށް އަނިޔާވެފައިވަނީ މި މުބާރާތަށް ތައްޔާރުވުމަށް ހޮންޑިއުރަސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެންހެލް ޑި މާރިއާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި ކައިރިން ދިޔައިރު، ގޮންޒާލޯ ހިގުއައިން ޖެހި ބޯޅަ ޗިލީ ކީޕަރު ކްލައުޑިއޯ ބްރާވޯ މަތަކުރި އެވެ.
މި ހާފްގައި ޗިލީގެ އަލެކްސިސް ސަންޗޭޒް ވެސް ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.
އާޖެންޓީނާ އިން މި މެޗުގައި ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ ދެ ވަނަ ހާފްގެ ފުރަތަމަ 15 މިނިޓް ތެރޭގަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ޑި މާރިއާ އެ ޓީމަށް ލީޑު ނަގައިދިން އިރު އޭގެ ހަތް މިނިޓް ފަހުން ޑި މާރިއާ ދިން ބޯޅަ އަކުން ދެ ވަނަ ލަނޑު ޖެހީ އެވަ ބަނޭގާ އެވެ.
ޗިލީ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް ހޯސޭ ފުއެންޒަލީޑާ އެވެ.
މި ގްރޫޕްގެ ފުރަތަމަ މެޗުގައި ރޭ ބޮލިވިއާ އަތުން ޕެނަމާ ވަނީ 2-1 އިން މޮޅުވެފަ އެވެ.
ތިން އަހަރު، ތިން ފައިނަލް، މެސީ އަށް ނާކާމިޔާބު!
އެމެރިކާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް
އާޖެންޓީނާއިން 15 އަހަރު ދިނަސް ސޮއިކުރާނަން: ކޯޗު
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް
ފަހު ވަގުތުކޮޅުގައި ލަނޑު ޖަހަން މާޓިނޭޒް ވަރެއް ނެތް
މެސީގެ ނުކުޅޭތީ ޗައިނާއިން އާޖެންޓީނާގެ މެޗު ކެންސަލް
ސަޕޯޓަރުންގެ ހަމަނުޖެހުމެއް، ބްރެޒިލަށް ހިތި ބައްޔެއް
މެސީގެ އުންމީދު ހާސިލުވެ އާޖެންޓީނާއަށް ޗެމްޕިއަންކަން
މެސީގެ މިފަދަ ފޮޓޯއަކަށް އާޖެންޓީނާ ކުރާ އުއްމީދު
ފާޑުކިޔުންތަކުން ދެ ކޯޗުންނަށްވެސް ސަލާމެއްތެއް ނުވެވުނު